ކުޅިމަހަކީ ވަރަށްގިނަ މީހުންނަށް ރޮށްޓާއި އެކު ކެއުމަށް ވަރަށް ކަމުދާ އެއްޗެކެވެ. މި ރަހަފަތަކީވެސް ކުޅިމަސް ހެދުމަށް ތަފާތު އަދި މީރު ރަހަފަތަކަށްވާނެކަމަށް އުއްމީދު ކުރަމެވެ.

ބޭނުންވާ ތަކެތި:
– 1ގަނޑު ކަނޑުމަސް (އާދައިގެ)
– 1 ބޮޑުފިޔާ (ކުދިކޮށް ކޮށާފަ)
– 1/2 ސައިސަމުސާ ރީނދޫ
– 2 މޭޒުމަތީ ސަމުސާ ލޮނުމިރުސް ހަވާދު
– 1 މޭޒުމަތީ ސަމުސާ ސޯޔާސޯސް
– 1/2 މޭޒުމަތީ ސަމުސާ އިނގުރާއި ލޮނުމެދު ޕޭސްޓް
– 1 ގިތެޔޮ މިރުސް
– 1 ހިކަނދިފަތް​
– 2 މޭޒުމަތީ ސަމުސާ ތެޔޮ
– 1/2 ސައިސަމުސާ އަސޭމިރުސް
– 2 ދަޅު ޓޮމާޓޯ ޕޭސްޓް
– ރަހަލާވަރަށް ލޮނު

ތައްޔާރުކުރާނެ ގޮތް:
– މަސްގަނޑު ކިއުބު ގޮތަށް ކޮށާލާށެވެ. ގާތްގަނޑަކަށް 1 ސެންޓްމީޓަރު ހުންނަވަރަށް
– ​ކޮށާފައިވާ މަސްގަނޑު ތެރެއަށް ރީނދޫ، ލޮނުމިރުސް ހަވާދު، އަސޭމިރުސް، ސޯޔާސޯސް އަދި ކުޑަ ލޮނުކޮޅެއް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލުމަށްފަހު މަތިޖަހާފައި 5 މިނިޓް ބަހައްޓާލާށެވެ.
– ކޮށި ފިޔާކޮޅު، ހިކަނދިފަތް، މިރުސް އަދި އިނގުރާއި ލޮނުމެދު ޕޭސްޓް ތެއްޔަކަށް އެޅުމަށްފަހު ތެޔޮފޮދު އަޅާލާ ފިޔާ ވަޅޯވުމުން ކުރިން މެރިނޭޓްކޮށްފައި ބެހެއްޓި މަސްކޮޅު އަޅާލާ މަޑުގިނީގައި 5 މިނިޓް ކައްކާލާށެވެ.
– ދެން ޓޮމާޓޮ ޕޭސްޓް އެޅުމަށްފަހު މަސްގަނޑު ރަނގަޅަށް އެއްކޮށްލާފައި މަޑުގިނީގައި 2 މިނިޓް ކައްކާލާށެވެ.
– މިހާރު އެހުރީ ކުޅިމަސް ތައްޔާރުވެފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އާއިޝަތު ފައިނާޒް (އައިޗަތު)
އާއިޝަތު ފައިނާޒް (އައިޗަތު)
ތަފާތު މައުޟޫތަކަށް އާއިޝަތު ފައިނާޒް (އައިޗަތު) ލިޔާނެއެވެ. އެގޮތުން ބަހާއި އަދަބިއްޔާތު، އިޖްތިމާޢީ ރޮނގުންނާއި އިތުރު ދާއިރާތަކުންވެސް ލިޔާނެއެވެ.