​ކޭކް ފަށަލައަކަށްފަހު އައިސްކްރީމް ފަށަލައެކެވެ. އަދި އެވެސް ޗޮކްލެޓް އައިސްކްރީމެވެ. ވަރަށް މީރުވާނެދޯއެވެ.

މިއަދުގެ މުނިއަވަސް ރަހަފަތުގައި މި ގެނެސްދެނީ ޗޮކްލެޓް އައިސްކްރީމް ކޭކު ތައްޔާރުކުރާނެ ގޮތެވެ.

ބޭނުންވާނެ ތަކެތި:

– 1ޖޯޑު މުގުރާފަހުރި މާރީ ބިސްކޯދު

– 2 ސައިސަމުސާ ހަކުރު 

– 1/2ސައިސަމުސާ ލޮނު​

– 1/2 ޖޯޑު މެލްޓެޑް ބަޓަރ ​

– 475ގ ޗޮކްލެޓް އައިސްކްރީމް

– 1 ޖޯޑުޗޮކްލެޓް ޗިޕްސް

– 225ގ ޗޮކްލެޓް

– 2 ޖޯޑު ދިޔާ ކިރު

ތައްޔާރުކުރާނެގޮތް:

– ތަށްޓަކަށް މުގުރާފައި ހުރި މާރީ ބިސްކޯދާއި ބަޓަރ ކޮޅު އެޅުމަށްފަހު އެއްކޮށްލުމަށްފަހު ޓްރޭގައި ފަތުރައިލުމަށްފަހު 30 މިނިޓް ވަންދެން އައިސް އަލަމާރީގައި ބަހައްޓާށެވެ.

– ތަށްޓަކަށް އައިސްކުރީމް އަދި ޗޮކްލެޓް ޗިޕްސް ކޮޅު އަޅައިލުމަށްފަހު އެއްކޮށްލާފައި ބިސްކޯދުއެޅި ޓްރޭގެ މައްޗަށް އަލައިލުމަށްފަހު ރީތިކޮށް ފަތުރާލައި އައިސް އަލަމާރީގައި އެއްރޭ ވަންދެން ބަހައްޓާސެވެ.

– ޗޮކްލެޓް އަދި ކިރު ތަށްޓަކަށް އެޅުމަށްފަހު އެއްކޮށްލުމަށްފަހުކޭކުގެ މައްޗަށް އައިސްކްރީމް ފަތުރާލުމަށްފަހު 30 މިނިޓް ވަންދެން އައިސް އަލަމާރީގައި ބެހެއްޓުމަށްފަހު ނަގާށެވެ.

– ​ޗޮކްލެޓް އައިސްކްރީމް ކޭކު އެހުރީ ތައްޔާރުވެފައެވެ. ބޭނުންނަމަ ކޭކުގެ މައްޗަށް ނަޓްސް (ބޭނުން ވައްތަރެއް) އަޅައިލެވިދާނެއެވެ.

ޗޮކްލެޓް އައިސްކްރީމް ކޭކް ތައްޔާރުކޮށްލާނެ ރަހަފަތެއްގެ ވީޑިއޯއެއް ހިމަނައިލަމެވެ. މި ވީޑިއޯ އާއި މަތީގައި ގެނެސްދީފައިވާ ރަހަފަތާއި ތަފާތުކަމެއް ހުންނާނެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އާއިޝަތު ފައިނާޒް (އައިޗަތު)
އާއިޝަތު ފައިނާޒް (އައިޗަތު)
ތަފާތު މައުޟޫތަކަށް އާއިޝަތު ފައިނާޒް (އައިޗަތު) ލިޔާނެއެވެ. އެގޮތުން ބަހާއި އަދަބިއްޔާތު، އިޖްތިމާޢީ ރޮނގުންނާއި އިތުރު ދާއިރާތަކުންވެސް ލިޔާނެއެވެ.