’ޔުނިކޯ ބީޓްސް ސްޓޫޑިއޯ’ ގެ ހުނަރުވެރި ޒުވާން ފަންނާން ޙުސައިން ޖިނާން ޝަރީފް (ޖީނީ)ގެ އައު ލަވަ މުނިއަވަސްގެ ލޯގޯއާއެކު 10 ޖޫންގައި ’ލަވަފޮށި‘ އަދި ’ބައިސްކޯފް‘ އެޕްލިކޭޝަން މެދުވެރިކޮށް ރިލީޒްކުރަން ނިންމާފައިވާކަމަށް ޖީނީ ބުނެފި އެވެ.
”ގެއްލިފާ“ ގެ ނަމުގައި ނެރޭ މިލަވައިގެ ލިރިކްސް ލިޔެ ކިޔާފައި ވަނީ ކުޅަދާނަ އާޓިސްޓް ޖިނާން ޝަރީފް (ޖީނީ) އާއި ކުރީގައި ޔުނިކޯއަށް ނިސްބަތްވި ޖަނާން (ޖަންޓު)އެވެ.
”މިލަވައަކީ ވަރަށް ތަފާތު ލަވައެއް، އަޑުއަހާލަން ވަރަށް ހިތްގައިމުވާނެ. އުންމީދު ކުރަން އެހުންތެރިންނަށްވެސް ކަމުދާނެ ކަމަށް. އިތުރު އެއްޗެކޭ ބުނަން އެނގޭނީ ލަވަނެރުމަށް ފަހު.“ މި ލަވައާއިބެހޭގޮތުން މުނިއަވަސް އަށް މަޢުލޫމާތު ދެމުން ކުޅަދާނަ އާޓިސްޓް ޖިނާން ޝަރީފް (ޖީނީ) ބުންޏެވެ.

ލަވައިގެ ޅެން، މުނިއަވަސް އާއި ހިއްސާކޮށްފައި ވާއިރު، މިއީވެސް ވަރަށް ތަފާތު މޮޅު ޅެމެއްކަން ފާހަގަކޮށްލެވެއެވެ.

ޙުސައިން ޖިނާން ޝަރީފް (ޖީނީ)
ދާދި ފަހުން ޖީނީ ވަނީ އޭނާގެ ފޭން ޕޭޖެއް ފޭސްބުކުގައި ހުޅުވާފައެވެ. www.facebookcom/brothergenie
ހިޕް ހޮޕް ލަވަ ކިޔުމަށް ފޯރި ހުންނަ ޒުވާން ގްރޫޕްގެ އަމާޒަކީ ހިޕް ހޮޕްގައި ލީޑްކުރާ ބަޔަކަށް ވުމެވެ. ’ޔުނިކޯ ބީޓްސް ސްޓޫޑިއޯ’ ގެ އޮފިޝަލް ނިއުސް ފްލޭޝް ޕާޓްނާއަކީ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




