ތަންދޫރީ ޗިކަން ނުވަތަ ކުކުޅު ތަންދޫރީއަކީ ދިވެހިންގެ ތެރޭގައި އެހައި އާޢްމު ކެއުމެއްނޫނެވެ. ނަމަވެސް ކުކުޅު ތަންދޫރީއަކީ އަނގަޔަށް މީރު ޖީބަށްލުއި ކެއުމެކެވެ. ކުކުޅު ތަންދޫރީއަކީ ތަރާވީސް ދަމަށް ތައްޔާރުކޮށްލެވިދާނެ އެންމެ މީރު ކެއުމަކަށްވެސް ވެދާނެ އެވެ.

އިންޑިއާގެ މަސްހޫރު މިކެއުން މިއަދުގެ މުނިއަވަސް ރަހަފަތުގައި ގެނެސްދޭނަމަެވެ.

ބޭނުންވާނެ ތަކެތި
– 2 ކުކުޅު ފައި
– 3 ސައިސަމުސާ މުގުރި މިރުސް
– 2 ސައި ސަމުސާ ލުނބޯ ހުތް
– 1 ސައިސަމުސާ އިނގުރު އަދި ލޮނުމެދު ޕޭސްޓް
– 2 ސައިސަމުސާ ޔޯގަޓް (ޕްލެއިން)
– 1/2 ސަމުސާ ރަތްކުލަ
– 1 ސައިސަމުސާ ރީނދޫ
1ސައިސަމުސާ މުގުރި ދިރި
– ކުޑަ ކަރަންފޫ، ކާފޫރުތޮޅި އަދި ފޮނިތޮށި ކޮޅެއް( މުގުރާލާފައި)

ތައްޔާރުކުރާނެގޮތް:

– އެންމެ ފުރަތަމަ ކުކުޅު ފައިގައި ޅިޔަ އަޅާލާށެވެ. ތަށްޓަކަށް ރީނދޫ، 1ސަމުސާ މުގުރި މިރުސް އަދި 1 ސަމުސާ ލުނބޯހުތް، ކުޑަ ލޮނުކޮޅެއް އެޅުމަށްފަހު ޅިޔަ އަޅާފައި ހުރި ކުކުޅުފައި ލުމަށްފަހު ރަނގަޅަށް އެއްކޮށްލުމަށްފަހު 20 މިނެޓް ވަންދެން މަތި ޖަހާލާފައި ބަހައްޓާށެވެ.
– އެއަށްފަހު ބާކީ ހުރި ތަކެތި ތަށްޓަކަށް އެޅުމަށްފަހު ރަހަލާ ވަރަށް ލޮނު ލުމަށްފަހު ރަނގަޅަށް އެއްކޮށްލުމަށް ފަހު ކުރިން މެރިނޭޓް ކުރި ކުކުޅުފައި ތަކުގައި ރަނގަޅަށް އުނގުޅާލާށެވެ. އެއްފަހު 1 ގަޑިއިރު މަތިޖަހާލުމަށްފަހު ބަހައްޓާލާށެވެ.
ދެން އަވަނުގައި 150ޑިގްރީއަށް 35 މިނިޓް ވަންދެން ފިހެލާށެވެ.

– މިހާރު އެހެރީ ތަންދޫރީ ކުކުޅު ތައްޔާރުކުރެވިފަ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އާއިޝަތު ފައިނާޒް (އައިޗަތު)
އާއިޝަތު ފައިނާޒް (އައިޗަތު)
ތަފާތު މައުޟޫތަކަށް އާއިޝަތު ފައިނާޒް (އައިޗަތު) ލިޔާނެއެވެ. އެގޮތުން ބަހާއި އަދަބިއްޔާތު، އިޖްތިމާޢީ ރޮނގުންނާއި އިތުރު ދާއިރާތަކުންވެސް ލިޔާނެއެވެ.