ރާއްޖޭގެ ފިލްމީ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މިނިސްޓަރ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖަށް ލަފާދިނުމަށް އެކުލަވައިލި ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިދިޔަ މެއި މަހު 28 ގައި ވަނީ ބާއްވާފަ އެވެ.
ދިވެހި ފިލްމު އިންޑަސްޓްރީގެ ފުންނާބު އުސް ބޭފުޅުންތަކެއް ތިއްބަވާ މި ކޮމިޓީގެ މެބްރުންނަކީ:
މުޙައްމަދު ނިޔާޒް (ޓެޑްރީ)
އަޙްމަދު ނިމާލް
ޢަލީ ޝިފާއު (ޗިއްޕެ)
އަޙްމަދު ސަޢީދު (ތުއްތު ސަޢީދު)
ޝާމިން ނިޒާމް
ފާޠިމަތު ނަހުލާ (ނަހޫ)
އަމްޖަދު އިބްރާހީމް (އަމްޖޭ)
ޢަލީ ސީޒަން
ޔޫސުފް ޝަފީޢު (ޔޫއްޕެ)
އާރިފާ އިބްރާހީމް
ނިއުމާ މުޙައްމަދު
މުޙައްމަދު މަނިކް
މި ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ފުރިހަމަ ތަފްޞީލް ލިބިފައި ނުވިޔަސް، މައިގަނޑު ގޮތެއްގައި ފިލްމީ ދާއިރާގައި ހުރި ދަތިތައް ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތައް މި ބައްދަލުވުމުގައި މިނިސްޓަރަށް އަރުވާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. އެގޮތުން ފިލްމު ދެއްކުމަށް އޮލިމްޕަސް ލިބުމުގެ ދަތިކަމުގެ ވާހަކައާއި އޮލިމްޕަހުގެ ފެންވަރު ރަނގަޅުކުރުމުގެ ވާހަކަތައް ދެކެވުނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 1 ޖެނުއަރީ 2026ޚަބަރުފިލްމީ ތަރި ނިމާލުގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދެނީ
- 1 ޖެނުއަރީ 2026ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” ގެ ޓިކެޓް 100 ރުފިޔާއަށް ނަގަން ސަޅި ޗާންސެއް!
- 31 ޑިސެމްބަރ 2025ޚަބަރުބައިނަލްއަޤްވާމީ ދެ ފިލްމު ފެސްޓިވަލްއެއްގައި ބައިވެރިވުމުގެ ފުރުޞަތު!
- 30 ޑިސެމްބަރ 2025ޚަބަރުމަޝްހޫރު ޑައިރެކްޓަރ ފައްތާހް ނިޔާވެއްޖެ




