ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
ރާސްބެރީ ކޮކޮނަޓް ކޮޓޭޖް ޗީޒް ބޭކް – މުނިއަވަސް ރަހަފަތް
މުނިއަވަސް ގްރެފިކްސް

⏱️ ތައްޔާރުކުރުމަށް ހޭދަވާ ވަގުތު: 45-50 މިނެޓު
🍽️ ތައްޔާރުކުރެވޭ މިންވަރު: 6 މީހުންނަށް

🛒 ބޭނުންވާ ތަކެތި:

● 2 ޖޯޑު (440 ގްރާމް) ކޮޓޭޖް ޗީޒް
● 1 ޖޯޑު (90 ގްރާމް) ރޯލްޑް އޯޓްސް
● 1 ޖޯޑު (125 ގްރާމް) ތާޒާ ރާސްބެރީ
● ½ ޖޯޑު (40 ގްރާމް) ކާށި ހުނި
● 85 ގްރާމް މާމުއި
● 2 ބޮޑު ބިސް
● 1 ސައިސަމުސާ ވެނީލާ އެސެންސް
● 1 ސައިސަމުސާ ބޭކިންގް ޕައުޑަރު
● ½ ސައިސަމުސާ ފޮނިތޮށި ކުނޑި
● ¼ ސައިސަމުސާ ލޮނު

މައްޗަށް އެޅުމަށް (ބޭނުންނަމަ)

● މަދު ރާސްބެރީ ކޮޅެއް
● 2 ސައިސަމުސާ ކާށި ހުނި
● 1 ސައިސަމުސާ ކޮށާފައި ހުރި އާމަންޑް
● ކުޑަ މާމުއި ކޮޅެއް

👩‍🍳 ތައްޔާރުކުރާނެ ގޮތް:

1 – އަވަަން ތައްޔާރުކުރުން: އަވަަން 180 ޑިގްރީ ސެލްސިއަސް (350 ޑިގްރީ ފަރަންހައިޓް) އަށް ހޫނުކުރަން ޖައްސާށެވެ. 8 އިންޗީގެ އަކަ ތަބަކެއްގައި ބަޓަރު ނުވަތަ ކައްކާ ތެޔޮ ހާކާލާށެވެ. ބޭނުންނަމަ ތަބަކުގެ ފުލުގައި ބޭކިންގް ޕޭޕަރު އަޅާށެވެ.

2 – ކޮޓޭޖް ޗީޒް ތައްޔާރުކުރުން: ކޮޓޭޖް ޗީޒްކޮޅު މިކްސަރަކަށް އަޅައި އޮމާންވަންދެން ގިރާލާށެވެ. މިއީ ޗީޒްކޭކެއް ފަދަ މަޑު އޮމާން ގޮތެއް ގެނައުމަށެވެ. ޗީޒްގެ އެތިކޮޅުތައް ހުންނަން ބޭނުންނަމަ ގިރާނުލައިވެސް ބޭނުންކުރެވިދާނެއެވެ.

3 – ދިޔާ ތަކެތި އެއްކުރުން: ބޮޑު ތަށްޓެއްގައި ކޮޓޭޖް ޗީޒް، ބިސް، މާމުއި އަދި ވެނީލާ އެސެންސް ރަނގަޅަށް އެއްކޮށްލާށެވެ.

މިވެސް ކިޔާލަން:  ކެރަމަލް ޗީޒްކޭކް ކުކީޒް - މުނިއަވަސް ރަހަފަތް

4 – ހިކި ތަކެތި އެއްކުރުން: މީގެ ތެރެއަށް އޯޓްސް، ކާށި ހުނި، ބޭކިންގް ޕައުޑަރު، ފޮނިތޮށި ކުނޑި އަދި ލޮނު އަޅައިގެން އެއްކޮށްލާށެވެ.

5 – ރާސްބެރީ އެއްކުރުން: ރާސްބެރީގެ ބޮޑުބައި މި މިކްސްޗަރަށް އަޅައި މަޑުމަޑުން އެއްކޮށްލާށެވެ. ރާސްބެރީތައް ފިސްނުވާނޭހެން ބަލައިގެން އެއްކުރަން ސަމާލުކަން ދޭށެވެ. ބާކީ ހުރި މަދު ރާސްބެރީކޮޅު މައްޗަށް އެޅުމަށް ބަހައްޓާށެވެ.

6 – ތަބަކަށް އެޅުން: ތައްޔާރުކުރި މިކްސްޗަރު ތަބަކަށް އަޅައި އޮމާންކޮށްލާށެވެ. އޭގެ މައްޗަށް ބާކީ ހުރި ރާސްބެރީ، ކާށި ހުނި އަދި އާމަންޑްކޮޅު ފަތުރާލާށެވެ.

7 – ފިހުން: ހޫނުކުރަން ޖެއްސި އަވަނުގައި 35 އާއި 40 މިނެޓާ ދެމެދުގެ ވަގުތަކަށް ފިހާށެވެ. މެދުތެރެ ރަނގަޅަށް ހަރުވެ، މަތި ރަން މުށިކުލައަށް ބަދަލުވުމުން ނަގާށެވެ. ދަތްކޮށްޓާ އިލޮށިކޮޅެއް ހަރާލުމުން ސާފުކޮށް ނެއްޓޭނަމަ އެހުރީ ފިހެވިފައެވެ.

8 – ހިހޫކުރުން: އަވަނުން ނެގުމަށްފަހު 10 ނުވަތަ 15 މިނެޓު ވަންދެން ބަހައްޓާށެވެ. މިއީ ބޭކް ރަނގަޅަށް ހަރުވެ، ފޮތިކުރަން ފަސޭހަވުމަށެވެ.

9 – ސާވްކުރުން: 6 ފޮއްޗަށް ކޮށާލުމަށްފަހު ބޭނުންނަމަ މައްޗަށް ކުޑަ މާމުއި ކޮޅެއް އަޅާލާށެވެ. ހޫނުކޮށް ނުވަތަ ފިނިކޮށްވެސް ކެވިދާނެއެވެ. ގްރީކް ޔޯގަޓާއި ތާޒާ ރާސްބެރީއާއެކު މީރުވާނެއެވެ.

އިރުޝާދު:

● އޮމާންކޮށް ބެހެއްޓުމަށް: ޗީޒްކޭކެއް ފަދަ މަޑު ގޮތަކަށް ބަހައްޓަން ބޭނުންނަމަ، ކޮޓޭޖް ޗީޒްކޮޅު ރަނގަޅަށް ގިރާލާށެވެ.
● ޕްރޮޓީން އިތުރުކުރުމަށް: 2 ބޮޑު ސަމުސާ ޕްރޮޓީން ޕައުޑަރު އެއްކުރެވިދާނެއެވެ. މިހެން ހަދާނަމަ އޯޓްސްގެ މިންވަރު ކުޑަކޮށް މަދުކޮށްލާށެވެ.
● ފޮނިކަން އިތުރުކުރުމަށް: އިތުރު މާމުއި ސަމުސަލެއް ނުވަތަ ފޮނިކުރި ކާށި ހުނި ބޭނުންކުރާށެވެ.
● އެހެން މޭވާ ބޭނުންކުރުން: ރާސްބެރީގެ ބަދަލުގައި ބްލޫބެރީ ނުވަތަ ސްޓްރޯބެރީ ވެސް ބޭނުންކުރެވިދާނެއެވެ.
● ކުރިން ތައްޔާރުކުރުން: މިއީ ކުރިން ފިހެފައި ބަހައްޓައިގެން ކާން ރަނގަޅު އެއްޗެކެވެ. ފްރިޖުގައި 4 ދުވަސްވަންދެން ބެހެއްޓޭނެއެވެ.

މިވެސް ކިޔާލަން:  މީރު ކަރުތެރެއަށް ފަސޭހަ މާމުއި އިނގުރު އަދި ލުނބޯ ކުކީޒް - މުނިއަވަސް ރަހަފަތް
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top