ޓެލެވިޛަން މޯލްޑިވްސް އިން ބޭއްވި އޮފީސްތަކުގެ ޓެލިޑްރާމާ މުބާރާތުގައި މިއަހަރު ވާދަކޮށްފައިވާ ތިން ޑްރާމާގެ ތެރެއިން ބެލުންތެރިންނަށް އެންމެ ކަމުދާ ޑްރާމާ، އެންމެ ކަމުދާ ފިރިހެން އަދި އަންހެން އެކްޓަރު ހޮވުމަށް އެސްއެމްއެސް ކުރުމަށް އާއްމުކޮށް ހުޅުވައިލި ފުރުޞަތު މިރޭ ބާރަ ޖަހާއިރު ހަމަވާނެއެވެ.
މި މުބާރާތުގައި ދެއްކި ޑްރާމާ ތަކުގެ ތެރެއިން ބެލުންތެރިންގެ އެންމެ މަޤްބޫލް ހޮވުންތައް ފައިނަލްކުރުމަށް އެސްއެމްއެސް ކުރުމަށް ފުރުސަތު ހުޅުވައިލީ 07 ޖޫން 2019 ހުކުރުދުވަހުގެ ހެދުނު 9:00 ގައެވެ. އެސްއެމްއެސް ކުރުމުގެ ސުންގަޑިއަކީ 15 ޖޫން 2019 ވާ ހޮނިހިރު ދުވަހުގެރޭ (މިރޭ) 00:00 އެވެ.
އެންމެ މޮޅު ޑްރާމާއަށް އެސްއެމްއެސް ކުރުމަށްޓަކައި ޑީއެމް (ހުސްތަންކޮޅެއް) ޖެއްސެވުމަށްފަހު ޑްރާމާގެ ނަން ޖައްސަވައި 300 އަށް އެސްއެމްއެސް ކުރެއްވުމަށް ޓީވީއެމްއިން އެދެއެވެ.
އެންމެ މޮޅު ފިރިހެން އެކްޓަރަށް އެސްއެމްއެސް ކުރުމަށްޓަކައި ޑީއެމް (ހުސްތަންކޮޅެއް) ޖެއްސެވުމަށްފަހު ފިރިހެން އެކްޓަރުގެ ނަން ޖައްސަވައި 300 އަށް އެސްއެމްއެސް ކުރެއްވުމަށް ޓީވީއެމްއިން އެދެއެވެ.
އެންމެ މޮޅު އަންހެން އެކްޓަރަށް އެސްއެމްއެސް ކުރުމަށްޓަކައި ޑީއެމް (ހުސްތަންކޮޅެއް) ޖެއްސެވުމަށްފަހު އަންހެން އެކްޓަރުގެ ނަން ޖައްސަވައި 300 އަށް އެސްއެމްއެސް ކުރެއްވުމަށް ޓީވީއެމްއިން އެދެއެވެ.
މި މުބާރާތުގައި މިފަހަރު ބައިވެރިކޮށްފައިވަނީ ތިން ޑްރާމާ އެވެ. އެއީ ކަސްޓަމްސް ޑްރާމާ ”މަރު“، ވެމްކޯ ޑްރާމާ ”ނަމަ“ އާއި އެމްއޭސީއެލް ޑްރާމާ ”ނަކަލު“ އެވެ.
ކުރައްވާ ކޮންމެ އެސްއެމްއެސް އަކަށް 01 ރުފިޔާ ޗާޖް ކުރާއިރު، ކޮންމެ ނަންބަރަކުން ވެސް ކިތަންމެ ގިނަ އެސްއެމްއެސް ވެސް ކުރެވޭނެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!