ޓީވީތަކުން ގެންނަ އިޝްތިހާރުތަކުން މިވަގުތު އެންމެ އާއްމުކޮށް ފެންނަ ދެ މޫނަކީ ކާއްޓޭ އަދި މަޓޭ އެވެ. ހެއްވާ މަޖާ ވީޑިއޯތަކުން ބެލުންތެރިން ހެއްވަމުން އަންނަ ނަޒީރު ޝިހާމް (ކާއްޓޭ) އަދި ހުސެއިން ސާދު (މަޓޭ)ގެ ފުރަތަމަ ކޮމެޑީ ފީޗާ ފިލްމު، “ވަނާޖުބޭސާ“ގެ ޓީޒާއެއް ދައްކާލައިފި އެވެ.

‘ޕާޓިކަލްސް ސްޓޫޑިއޯ’ އަދި ‘ދަ ސްޓޫޑިއޯ’އިން ‘ވާންޗޯ އެންޓަޓެެއިންމެންޓް’އާ ގުޅިގެން ގެނެސްދޭ “ވަނާޖުބޭސާ“ގެ ލީޑުގައި ކާއްޓޭ، މަޓޭ، “ހާދަރު” ފިލްމުގެ ނުބައިބައި ރޯލުން ފެނުނު މުހައްމަދު ސައީދުގެ އިތުރުން ފ. އަތޮޅު ފީއައްޔާއި ނިލަންދުއަށް ނިސްބަތްވާ ރިމްޝާ، ޝަކީބު، ޝިރާނީ، ޖަލްވާން، ޚަދީޖާ ހިމެނެއެވެ.

ފ. ފީއަލި އަދި ނިލަންދޫގައި ޝޫޓްކޮށްފައިވާ ކޮމެޑީ ފިލްމު، “ވަނާޖުބޭސާ” ލިޔެ ޑައިރެކްޓްކުރީ ވިޝާލް ޒަކީ އެވެ. މި ފިލްމު މި އަހަރު ތެރޭގައި އޮލިމްޕަހުގައި ޕްރިމިއާކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް މަޢުލޫމާތު ލިބެއެވެ.

ކ. ކާށިދުއަށް އުފަން ނަޒީރު ޝިހާމް (ކާއްޓޭ) އަކީ ރާއްޖޭގެ މަޤުބޫލު ކޮމީޑިއަންއެއްގެ އިތުރުން ލަވައިގެ ޅެންވެރިކަމުގެ ތެރޭގައިވެސް ހަރަކާތްތެރިވާ ފަންނާނެކެވެ. މިގޮތުން ސަމާސާއަދަބުގެ ބައެއް ލަވަތައް ވީޑިއޯއާއެކު ރިލީޒްކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ.

ދުރުދުރުގަ ތިޔަހެން ނޫޅެ

ބަލާ ގޮށްޖެހޭ ހިތޭ ވަނީ

ޖެހިލުންވާ ގޮތް ވީހޭ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.