ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ވޮލީބޯލް ޗެމްޕިއަންޝިޕްގެ ޖާގައެއް ހުރާ ހޯދައިފި
ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް - އެފްބީ

ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ ޤައުމީ ވޮލީބޯޅަ ލީގު އަންހެން ޑިވިޝަންގައި އެ ޓީމު ކުޅުނު ތިންވަނަ މެޗު ކާމިޔާބުކޮށް ހުރާ ކޮމިއުނިޓީ ކުލަބް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ޖާގައެއް ހޯދައިފި އެވެ.

ވޮލީބޯލް ޗެމްޕިއަންޝިޕްގެ ޖާގަ ލިބެނީ މިހާރު ކުރިޔަށްދާ ޤައުމީ ވޮލީބޯޅަ ލީގުގެ އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމަށެވެ. މިހާތަނަށް މި މުބާރާތުން ޖާގަ ހޯދާފައިވާ ޓީމުތަކަކީ ލީގުގައި އެ ޓީމުތައް ކުޅުނު ދެ މެޗު ކާމިޔާބުކޮށްފައިވާ ކުލަބް އެމްޓީސީސީ އާއި ކުލަބް ވެމްކޯ އަދި ޕޮލިސް ކުލަބެވެ. މުބާރާތުގައި ދެން ވާދަކުރި ސިޓީ ފްރެންޑްސް ކުލަބް ވަނީ އެ ޓީމު ކުޅެން ޖެހޭ ހަތަރު މެޗު ނިމުނުއިރު އެއްވެސް މެޗަކުން މޮޅުނުވެ މުބާރާތުން ކަޓާފަ އެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި އިއްޔެ ހަވީރު ހުރާ ކޮމިއުނިޓީ ކުލަބާއި ސިޓީ ފްރެންޑްސް ކުލަބް ބައްދަލުކުރި މެޗު ހުރާ ކާމިޔާބުކުރީ 3 ސެޓް 1 ސެޓުން ނެވެ.

މި މެޗުގެ ފުރަތަމަ ސެޓްގައި ސިޓީއަށް މާ ރަނގަޅު ކުޅުމެއް ނުދެއްކުނުއިރު، މި ސެޓްގައި މޮޅު ކުޅުމެއް ދެއްކި ހުރާއިން ސެޓް ކާމިޔާބުކުރީ ފަސޭހަކަމާއިއެކު 16-25 އިން ނެވެ. ދެވަނަ ސެޓްގައި ވެސް ފެނުނީ ހުރާގެ ޓީމުގެ މޮޅު ކުޅުމެވެ. ފުރަތަމަ ސެޓެކޭ އެއްގޮތަށް މި ސެޓްގައި ވެސް ސިޓީއަށް މާ އެދެވޭ ކުޅުމެއް ދެއްކޭގޮތެއް ނުވި އެވެ. މި ސެޓްގައި ހުރާއިން 25 ޕޮއިންޓް ހޯދިއިރު ސިޓީއަށް ހޯދުނީ 16 ޕޮއިންޓެވެ. ފުރަތަމަ ދެ ސެޓް ހުރާއިން ފަސޭހަކަމާއިއެކު ހޯދި ނަމަވެސް، ތިންވަނަ ސެޓްގައި ސިޓީއިން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައި ސެޓް ކާމިޔާބުކޮށްފަ އެވެ. މި ސެޓް ސިޓީއިން ކާމިޔާބު ކުރީ 25-19 އިން ނެވެ. ފުރަތަމަ ދެ ސެޓްގައި ދެއްކި ކުޅުން ތިންވަނަ ސެޓްގައި ނުދެއްކުނު ނަމަވެސް، ހަތަރުވަނަ ސެޓްގައި ހުރާއިން ވަނީ ދައްކައިފަ އެވެ. މި ސެޓް ހުރާއިން ކާމިޔާބުކުރީ ފަސޭހަކަމާއިއެކު 17-25 އިން ނެވެ.

މި ލީގުގައި މިރޭ މިހާރު ކުޅެމުންދާ މެޗުގައި ބައްދަލުކުރަނީ ކުލަބް ވެމްކޯ އާއި ކުލަބް އެމްޓީސީސީ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top