ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ލީނާ” އަންނަ ޖުލައި މަހު 23 ގައި

އަލްޒީނާގެ މަަރުގެ ހާދިސާއިން ”އިންސްޕަޔާވެގެން“ އެކްޓަރ މުއާގެ ފިލްމް ”ލީނާ“ އަޅުވަނީ ޖުލައި މަހުގެ 23ގައި ކަމަށް ބުނެފިއެވެ. ފިލްމްގެ ޑައިރެކްޓަރު އަދި އެކްޓަރު އަބްދުﷲ މުއާޒު ބުނީ މިހާރު ފިލްމުގެ ބޮޑު މަސައްކަތަކަށް އޮތީ “ލީނާ” ގެ ޑަބިން ކަމަށެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާހަނާ ތެރޭ މީގެ އަހަރުތަކެއް ކުރިން މަރާލާފައިވާ، އަޒްލީނާ ނަފީސްގެ މަަރުގެ ހާދިސާ އަސްލަކަށް ބަލައިގެން އުފައްދާ ”ލީނާ“ ފިލްމުގެ އޮފިޝަލް ޕޯސްޓަރާއި، ޓީޒާ ޓްރެއިލާ ބެލުންތެރިންނާ ހަމައަށް ވަނީ ގެނެސްދީފައެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ އަޙްމަދު ޒަރީރް އެވެ.

ފިލްމު ލީނާގެ ލީޑް ރޯލުން ފެންނާނީ ބަތަލާ މަރިޔަމް އައްޒަ އެވެ. ލީނާގެ ގާތިލް ޒުހޫރުގެ ރޯލުން ފެންނާނީ މުއާއެވެ. އަޒްލީނާގެ ލޯބިވެރިޔާގެ ރޯލުން ފެންނާނީ އަލީ އާޒިމް (ދޮން އައްޔަ) އެވެ. މީގެ އިތުރުން މި ފިލްމުގައި ނުޒުހަތު ޝުއައިބް (ނުޒޫ)، އަހުމަދު އީސަ (އާނަންދު)، ޒީނަތު އައްބާސް، އަހުމަދު ސައީދު އަދި އަހުމަދު ނިމާލު ފަދަ ތަރިން ހިމެނެ އެވެ.

އއ. އުކުޅަހުގައި ފިލްމުގެ ޝޫޓިން މިދިޔަ އަހަރު ވަނީ ނިންމާފައެވެ. ފިލްމު މިހާރު އޮތީ ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައެވެ.

މީގެ ކުރިން މުނިއަވަސް އާއި ވާހަކަދައްކަމުން މުއާ ބުނީ ’ލީނާ‘ ގެ މަސައްކަތް ފެށުނީންސުރެން ވަރަށް އުއްމީދާއި ޔަޤީންކަމާއެކު ކުރިއަށްދާ ކަމަށެވެ.

”މިހާތަނަށް އައްޔަވެސް ކުޅޭ އެންމެ ތަފާތު ރޯލު، އަދި އެހާ ބޮޑު ބައެއް އޭނަ ނުކުޅޭ ސަޕޯޓިން ކެރެކްޓަރ އެއް. ދެން ނުޒޫވެސް ކުޅޭނެ ހަމަ އެންމެ ތަފާތު އެއް ރޯލު، ދެން އައްޒަގެ ކެރެކްޓަރ އާ އަހަރެންގެ ކެރެކްޓަރ ވެސް.“ ފިލްމުގެ ކެރެކްޓާ ތަކާއިމެދު މުއާ ބުންޏެވެ.

https://www.facebook.com/LeenaTheMovie/videos/344065256445766/

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top