ދިވެހި ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކަށް ވީމީޑިއާއިން ދިން ފުރަތަމަ “ދަޢުވަތު” ބެލުންތެރިން ބަލައިގެންފިއެވެ. އެގޮތުން ފިލްމު “ދަޢުވަތު”ގެ ހައުސްފުލް10 ޝޯ ދައްކާފައިވާކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެފިއެވެ.
މިމަހުގެ 12ވަނަ ދުވަހުގެ ރެއިން ފެށިގެން އޮލިިންޕަހުގައި ދައްކަން ފަށާފައިވާއިރު، ފިލްމު ބެލި ގިނަ ފަރާތްތަކުން ވަނީ ފިލްމާއިމެދު ހިތްހަމަޖެހުން ފާޅުކޮށްފައެވެ. ވަކިން ޚާއްސަކޮށް އާންމުން ކޮންމެހެންވެސް ހޭލުންތެރިކުރުވަންޖެހޭ މުހިންމު މައްސަލައަށް ފިލްމު އުފައްދާފައިވާތީ ވަރަށް ގިނަ ބެލުންތެރިން ވަނީ އެކަން ފާހަގަކޮށްފައެވެ.
މާލޭގައި، އޮލިންޕަހުގައި “ދައުވަތު”ގެ 15 ޝޯ ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. މިރޭވެސް އޮލިންޕަހުގައި ހައުސްފުލް ޝޯއެއް ދައްކަމުންދާއިރު، މިމަހުގެ 26ގެ ނިޔަލަށް ޔަގީނުންވެސް އޮލިންޕަހުގައި ޝޯތައް ދައްކާނެއެވެ.
މާލޭގެ އިތުރުން “ދައުވަތު”ގެ މިސްރާބު މިހާރު ހުރީ އަތޮޅުތެރެއަށެވެ. ގިނަ ރަށްތަކެއްގައި ފިލްމު ދެއްކުމަށް މިހާރު ވަނީ ޝެޑިއުލްކޮށްފައެވެ. ވީމީޑިއާގެ އަމާޒަކީ ވީހާވެސް ގިނަ ރަށެއްގައި “ދައުވަތު” ދެއްކުމެވެ. އެހެންވީމާ އަވަހަށް ވީމީޑިއާ އާއި ގުޅިގެން އެ ފުރުސަތު ހޯއްދަވާފައެވެ.
https://www.facebook.com/332159277599127/videos/456960048204080/?eid=ARBcAMCW7uF6Z0WrjncoTRSlFK1kUCkaDspBsSVvipAv1Nxl_oX-OOwGKhWMhsVzDs9vpgdvAx1uBomS
“ދައުވަތު” ދެއްކުމަށް މިވަގުތު ހަމަޖެހިފައިވާ ރަށްތައް
* 27 ޖޫން، ޅ. ނައިފަރުގައި
* 27 ޖޫން، ހއ. ދިއްދޫގައި
* 6 ޖޫން، ފ. ނިލަންދޫގައި
* 4 ޖުލައި، ނ. މަނަދޫގައި
* 5 ޖުލައި، ށ. މިލަދޫގައި
* 5 ޖުލައި، އދ. ދަނގެތި
* 6 ޖުލައި، ނ. ކެނދިކުޅުދޫ
* 5 ޖުލައި، ށ. މިލަންދޫ
* 6 ޖުލައި، ރ. އުނގޫފާރު
* 6 ޖުލައި، ށ. ފުނަދޫ
* މީގެ އިތުރުން ޖުލައި 04 ން 07 އާއި ދެމެދު ލ. ގަން، ފޮނަދޫ، މާމެންދޫ އަދި ބައެއް އެހެން ރަށްރަށުގައި “ދައުވަތު” ދެއްކުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް، ލ. އަތޮޅުން އެކަމުގައި ހަރަކާތްތެރިވާ ފަރާތުން މަޢުލޫމާތު ދެއެވެ
https://www.facebook.com/332159277599127/videos/482435439194839/
ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށް ގެނެސްދޭ ބިރުވެރި ފިލްމު ”ދައުވަތު“ގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ މަރިޔަމް އައްޒަ އާއި އަލީ އާޒިމް (ދޮންއައްޔަ)ގެ އިތުރުން އަހުމަދު އީސަ (އާނަންދު) އެވެ.
”ދައުވަތު“ ގައި ދައްކުވައިދެނީ ކައިވެންޏަށް ފަހު ރާއްޖޭގެ ރަށަކަށް ހަނީމޫނަށް ދާ ޒުވާން ދެމަފިރިއަކަށް ސިހުރުހާރޫގައިގެ ސަބަބުން ދިމާވާ ހާދިސާތަކެކެވެ. މިއީ ޙަޤީޤީ ހާދިސާއަކަށް ބިނާކޮށް ކުޅެފައިވާ ފިލްމެކެވެ.
ޚަބަރަށް ބައެއް މަޢުލޫމާތު ނެގީ: ވީނިއުސްއިން
