ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“މާމުއި” ރިލީޒްކުރަން ދެން އޮތީ ހަތް ދުވަސް

ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ކޮމެޑީ ފިލްމު ”މާމުއި”ގެ ޓިކެޓު މިހާރު އޮލިމްޕަސް ކައުންޓަރުން ވިއްކަމުންދާއިރު، ފިލްމު އެޅުވުމާމެދު ދެން އޮތީ އެންމެ ހަތް ދުވަހެވެ.

ޖުލައި މަހުގެ އެއްވަނަ ދުވަހު ރިލީޒް ކުރުމަށް ނިންމާފައިވާ ”މާމުއި”ޕްރިމިއާ ނައިޓްގެ ރަތްދޫލަ ހަފުލާ ފެށުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 08:30 ގައެވެ. ފިލްމު ދައްކަން ފަށާނީ 09:00 ގައިކަމަށް ޑާކްރެއިން އެންޓައިޓެއިންމެންޓުން މަޢުލޫމާތު ދެއެވެ.

ފިލްމު ”މާމުއި”ގެ ޕްރިމިއާ ނައިޓްގެ ޓިކެޓު ވިއްކަނީ 150 ރުފިޔާ އަށެވެ. އެހެން ރޭތަކަށް ޓިކެޓް ވިއްކަނީ މިހާރު ދިވެހި ފިލްމުގެ ޓިކެޓް ވިއްކާ ރަސްމީ އަގުކަމަށްވާ 100 ރުފިޔާ އަށެވެ.

މާލޭގެ އިތުރުން އަތޮޅުތެރޭގެ ގިނަ ރަށްތަކުގައި ”މާމުއި”ދެއްކުމަށް މިހާރުވެސް އެދެމުންދާކަމަށް މަޢުލޫމާތު ލިބެއެވެ. އަތޮޅުތެރޭގައި އެންމެ ފުރަތަމަ ”މާމުއި” އެޅުވުމަށް ނިންމާފައިވަނީ ހދ. ކުޅުދުއްފުށީ ތިލަދެކުނު ސިނަމާގައި ޖުލައި 04 އަދި 05 ގައެވެ.

ހުރިހާ ރަހަތަކެއް އެކުލެވިގެންވާ ކޮމެޑީ ފިލްމު ”މާމުއި”ގައި ބޮޑު ކާސްޓެއް ހަރަކާތްތެރިވެއެވެ.

އައިޝަތު ފުއާދު އަދި އަޙްމަދު ޠަލާލް ސްކްރީން ޕްލޭ ލިޔެ، ޢަލީ ޝިފާޢު ޑައިރެކްޓް ކޮށްފައިވާ ”މާމުއި” ގައި ހަރަކާތްތެރިވާ ތަރިންގެ ތެރޭގައި ޖުމައްޔިލް (ޖުމަލް) ނިމާލް، މަރިޔަމް އައްޒަ، އަޙްމަދު ސަޢީދު، މުހައްމަދު ފައިސަލް، މަރިޔަމް މަޖުދާ (މަޖޫ)، ޝީލާ ނަޖީބް، ނުޒުހަތު ޝުއައިބް (ނުޒޫ)، އިބްރާހީމް ޝާފިއު (ފުބޫ)، އިސްމާއިލް ޖުމައިހް (ޖުމާ)، އަހުމަދު ސުނީ، ހަމްދާން ފާރޫގް، މަރިޔަމް ނޫރާ، އަލީ ޝަޒްލީމް، އާދަމް ރިޒްވީ (ރެކްސް)، އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އަދި އިބްރާހީމް އަމާން ފަދަ ތަރިން ހިމެނެ އެވެ.

މިވެސް ކިޔާލަން:  ފިލްމު "ނޮވެމްބަރ"ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް މުނިއަވަސް

https://www.facebook.com/darkrainentertainment/videos/384441622144144/

މީގެ އިތުރުން ”މާމުއި” ގެ ކާސްޓުންގެ ތެރޭގައި މަޝްހޫރު ފިލްމީ ތަރި އިސްމާޢީލް ވަޖީހްގެ މުހިންމު ރޯލެއް ފެންނައިރު، ޗިއްޕެގެ އަންހެނުން އައިޝަތު ޔާދާ ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top