ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“އިއްޔަ ރެކޯޑްސް”ގެ ފުރަތަމަ ލައިވް މިއުޒިކް ނައިޓް ކަބްސާގައި ބާއްވައިފި

ކުރިއަރަމުން އަންނަ އައު ރިކޯޑްލޭބަލް “އިއްޔަ ރެކޯޑްސް“ގެ ފުރަތަމަ ލައިވް މިއުޒިކް ނައިޓް މާލޭގެ މަޝްހޫރު ރެސްޓޯރެންޓެއް ކަމަށްވާ ‘ކަބްސާ ލައުންޖް‘ގައި މިމަހު 28 ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންގޮސްފިއެވެ.

އިއްޔަ ރެކޯޑްސް“ގެ ލައިވް މިއުޒިކް ނައިޓްގައި ލަވަކިޔާފައިވަނީ “އިއްޔަ ރެކޯޑްސް” އާއި ގުޅިފައިވާ ފަންނާނުންނެވެ. އެގޮތުން މޯލްޑިވިއަން އައިޑޮލް ސީޒަން ދެއަކުން ދެވަނަ ހޯދި ހަމޫދު އަޙްމަދު، ޓްރޯ، ޒޫމް، ސާނިޔާ، ޒަޔާން، މަޝްހޫރު ބީޓްބޮކްސަރ އަކްރަމް (އަކޫ)، މާއިޝް އަދި ޝާޒް ހިމެނެއެވެ.

އިއްޔަ ރެކޯޑްސްގެ ފުރަތަަމަ ލައިވް މިއުޒިކް ނައިޓް ކަބްސާގައި ވަރަށް ފޯރިގަދަ – ފޮޓޯ: އިއްޔަ ރެކޯޑްސް

ކަބްސާ ލައުންޖްގައި ރޭ ކުރިއަށްދިޔަ ޝޯއަކީ މިހައިތަނަށް ކަބްސާގައި ކުޅުނު އެންމެ ވަރުގަދަ، މީހުން އެންމެ ގިނައިން ދިޔަ ޝޯކަމަށް މަޢުލޫމާތު ލިބެއެވެ. ރޭގެ ޝޯގައި، “އިއްޔަ ރެކޯޑްސް” އިން ނެރުމަށް ހަމަޖެހިފައިވާ ދެ ލަވައެއް ޕްރިމިއާކޮށްފައި ވެއެވެ.

އިއްޔަ ރެކޯޑްސްގެ ފުރަތަަމަ ލައިވް މިއުޒިކް ނައިޓް ކަބްސާގައި ވަރަށް ފޯރިގަދަ – ފޮޓޯ: އިއްޔަ ރެކޯޑްސް

ރޭގެ ޝޯގައި ‘ޓިކް ޓޮކް’ ގެ ކިންގް އަދި އިއްޔަ ރެކޯޑްސްގެ އަލަތު ވީޑިއޯ ލަވަ ‘ސޮރީ ހަނީ’ގެ ތަރި ޔާމްބެ އަކީ އިއްޔަ ރެކޯޑްސްގެ ޓިކް ޓޮކް އިންފުލުއެންޒަރ ކަމަށްވެސް އައްޔަންކޮށްފައި ވެއެވެ. ރޭގެ ޝޯ އަށްފަހު “އިއްޔަ ރެކޯޑްސް“ގެ ފަންނާނުންނަށް ވަރަށް ބޮޑަށް ތަޢުރީފު ލިބެމުންދާކަމަށް މަޢުލޫމާތު ލިބެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
އެމީހެއް7 އަހަރު ކުރިން

ތި ޖޯކް ވަރަށް ސަޅި، ތި ޖޯކް ނިމުން އިރު އާޓިކަލް ކިއީމަ ދެރައީ

ayya7 އަހަރު ކުރިން

next joke please

Home
Menu
Search
Back to top