ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ލީނާ”ގެ ތިއެޓްރިކަލް ޓްރެއިލަރ ބަލައިފިންތަ؟

މިމަހު 23 ގައި ރިލީޒްކުރުމަށް ނިންމާފައިވާ އަބްދުﷲ މުއާޒު (މުއާ)ގެ ފިލްމް “ލީނާ“ގެ އިތުރު އާ މަންޒަރުތަކެއް ފެނިގެންދާ ޓްރެއިލަރ އެއް ރިލީޒްކޮށްފިއެވެ. މިއީ ފިލްމުގެ ތިއެޓްރިކަލް ޓްރެއިލަރ އެކެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާ ތެރޭގައި ވަރަށް އަނިޔާވެރިކޮށް މަރާލާފައި އޮއްވައި މީގެ އަހަރުތަކެއް ކުރީން ފެނުނު އަލްޒީނާ ނަފީސްގެ މަަރުގެ ހާދިސާއިން ”އިންސްޕަޔާވެގެން“ މުއާ ޑައިރެކްޓްކޮށް އަދި ފިލްމުގައި ލީނާގެ ޤާތިލުގެ ބައި ކުޅެފައިވާ “ލީނާ“ގެ ސްކްރީންޕްލޭ ލިޔުނީ މަޝްޫުރު ސްކްރީން ރައިޓަރ އަޙްމަދު ޒަރީރް އެވެ.

ފިލްމު “ލީނާ“ގެ ލީޑް ރޯލުން ފެންނާނީ ބަތަލާ މަރިޔަމް އައްޒަ އެވެ. ލީނާގެ ގާތިލް ޒުހޫރުގެ ރޯލުން ފެންނާނީ މުއާއެވެ. އަޒްލީނާގެ ލޯބިވެރިޔާގެ ރޯލުން ފެންނާނީ އަލީ އާޒިމް (ދޮން އައްޔަ) އެވެ. މީގެ އިތުރުން މި ފިލްމުގައި ނުޒުހަތު ޝުއައިބް (ނުޒޫ)، އަހުމަދު އީސަ (އާނަންދު)، ޒީނަތު އައްބާސް، އަހުމަދު ސައީދު އަދި އަހުމަދު ނިމާލު ފަދަ ތަރިން ހިމެނެ އެވެ.

https://www.facebook.com/LeenaTheMovie/videos/1736149879863857/?v=1736149879863857

އއ. އުކުޅަހުގައި ފިލްމުގެ ޝޫޓިން މިދިޔަ އަހަރު ވަނީ ނިންމާފައެވެ.

“މިހާތަނަށް އައްޔަވެސް ކުޅޭ އެންމެ ތަފާތު ރޯލު، އަދި އެހާ ބޮޑު ބައެއް އޭނަ ނުކުޅޭ ސަޕޯޓިން ކެރެކްޓަރ އެއް. ދެން ނުޒޫވެސް ކުޅޭނެ ހަމަ އެންމެ ތަފާތު އެއް ރޯލު، ދެން އައްޒަގެ ކެރެކްޓަރ އާ އަހަރެންގެ ކެރެކްޓަރ ވެސް.” ފިލްމުގެ ތަރިން ފިލްމުގެ ކެރެކްޓަރތައް ކުޅެފައިވާގޮތާމެދު މުއާ ހުރީ ވަރަށް ހިތްހަމަޖެހިފައެވެ.

ބެލުންތެރިންނަށް “ލީނާ” ގެނެސްދިނުމަށް ތައްޔާރުތައް ވަމުން އަންނަ އިރު، ދުވަސްކޮޅެއްގެ ފަހުން ފިލްމުގެ ޓިކެޓް ވެސް ވިއްކަން ފަށާނެ އެވެ. ފިލްމު މާލޭގައި ޕްރިމިއާކުރާއިރު، ރާއްޖޭގެ ބޮޑެތި ސަރަހައްދުތަކުގައިވެސް މާލެއެކޭ އެއް ވަގުތެއްގައި ފިލްމު ރިލީޒްކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.

މިއީ މިއަހަރު އޮލިމްޕަހަށް އަންނަ ހަތްވަނަ ފިލްމެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top