މިދިޔަ އަހަރު ގެނެސްދިން ކާމިޔާބު ވެބް ސީރީޒް “އެހެނަސް” ގެ ދެވަނަ ސީޒަން ދެވަނަ އެޕިސޯޑް ބައިސްކޯފުން ދޫކޮށްލާފައިވާއިރު، ސީރީޒަށް އިތުރުކުރި މުހިންމު ކެރެކްޓަރ ‘ޝާއިރާ’ގެ ކުޅިގަނޑު ފެނި ބެލުންތެރިންނަށް އިތުރު ހައިރާންކަމަކާއި ޝަޢުޤުވެރިކަމެއް ގެނެސްދީފިއެވެ.
“އެހެނަސް” ގެ މައިގަނޑު ރޯލަކީ ނިޔާގެ ކެރެކްޓާ ކުޅޭ މުހައްމަދު ވިޝާލެވެ. ފުރަތަމަ ސީޒަން ނިންމައިލިއިރު، ނިޔާ ކައިވެނިކުރި ޝާއިރާ (ޝާއި)ގެ ކެރެކްޓާ އިން ދައްކައިލި މަޝްހޫރު ބަތަލާ އައިޝަތު ރިޝްމީގެ ހުނަރުވެރި އެކްޓިން ފުރަތަމަ އެޕިސޯޑާއި ދެވަނަ އެޕިސޯޑުން މިވަނީ ފެނިގެންގޮސްފައެވެ.
ރަނޑުގޮތެއް ހުންނަ ނިޔާ އާއި ޝާއި ކައިވެނިކުރި ސަބަބު ވެސް ދެވަނަ އެޕިސޯޑުން ފެނިގެން ގޮސްފައިވެއެވެ. ޝާއި އެ ކައިވެންޏަށް އެއްބަސްވި ސަބަބުތައް ގެނެސްދީފައިވަނީ ހީވެސް ނުކުރާފަދަ ވަރުގަދަ ޓްވިސްޓަކާވެސް އެކުގައެވެ.
އަޙްމަދު އިޤްބާލް (އައިކިޔު)ގެ ވާހަކައަށް ހަދާ “އެހެނަސް” ސީރީޒްގެ ކުރިއަށް ހުރި ބައިތަކާ އެކު 10 އަށް ވުރެ ގިނަ އެޕިސޯޑް ގެނެސްދޭނެ އެވެ. މިއީ ރަވީ ފާރޫޤްގެ ހުނަރުވެރި އަދި ތަފާތު ޑައިރެކްޝަނެއް ފެނިގެންދާ ސީރީޒެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި