ޖުލައި ފުރަތަމަ ދުވަހުގެ ރެއިން ފެށިގެން ޑާކްރެއިން އެންޓަޓެއިންމެންޓްގެ ކޮމެޑީ ފިލްމު ”މާމުއި” މިހާރު އޮލިމްޕަހުގައި ދައްކަމުން އަންނައިރު ފިމުގެ ފަސް ޝޯ ވަނީ ހައުސްފުލް ވެފައެވެ.
”މާމުއި”ގެ ފުރަތަމަ ޝޯއާއި އެކު މާމުއި ގެ ފޮނިކަން މުޅި މީސްމީޑިއަށް ވަނީ ފަތުރާލާފައެވެ. ފިލްމު ބެލުމަށްފަހު ގިނަ މީހުން ބުނަމުންދަނީ މި ފިލްމަކީ މިހާތަނަށް ބެލި އެންމެ މަޖާ، އެންމެ ހެއްވާ ރީތި ފިލްމުކަމަށެވެ.
ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ މާމުއި ފުޅިއެއް ހޯދަން ބަޔަކު އުޅޭ ގޮތެވެ. ޢެންމެ ފަހުން އެކަން ނިމެނީ ހިތައްވެސް ނާރާގޮތަށެވެ. މަޖާ އެތަކެއް ކަންތައްތަކެއް ފެނިގެންދާ “މާމުއި” އަކީ ބޮޑު ކާސްޓެއް ފެނިގެންދާ ފިލްމެކެވެ. ފިލްމުގެ ކާސްޓުންގެ ތެރޭގައި އިސްމާއިލް ޖުމާހް (ޖުމާ)، މަރިޔަމް އައްޒަ، ޖުމައްޔިލް ނިމާލް (ޖުމަލް)، މަރިޔަމް މަޖުދާ (މަޖޫ)، ޝީލާ ނަޖީބު، ހަމްދާން ފާރޫގް، އަހްމަދު ސުނީ، އަބްދުﷲ ޝިފާއު (ފުބޫ) ގެ އިތުރުން ކުރީގެ މަޝްހޫރު ތަރި އިސްމާއިލް ވަޖީހު އާއި ލިޔަމް ޖޯންވެސް ފިލްމުގެ ތަންކޮޅަކުން ފެނިގެންދެއެވެ. އިންޑަސްޓްރީއަށް މުޅިން އަލަށް ނުކުތް އައިޝަތު ޔާދާވެސް އޭނާގެ ހުނަރު ދައްކާލާފައިވަނީ ވަރަށް ތަފާތުކޮށެވެ.
ފިލްމު ޑައިރެކްޓްކުރީ އަލީ ޝިފާއު (ޗިއްޕެ) އެވެ. ފިލްމުގެ މޮޅު ސްކްރީންޕްލޭ ލިޔުނީ އައިޝަތު ފުއާދު އަދި އަޙްމަދު ޠަލާލް އެވެ.
ޝިނާން އާއި ޗިއްޕެގެ ހިތްގައިމު ސިނަމޮޓޮގްރަފީ ފެނިގެންދިޔަ ”މާމުއި”ބެލުމަށްފަހު ގިނަ ބަޔަކު އަންނަނީ ފިލްމަށް ވަރަށް ބޮޑަށް ތަޢުރީފު ކުރަމުންނެވެ.
ދިވެހި ސިނަމާ ދުށް އެންމެ މޮޅު ކޮމެޑީ ފިލްމުގެ ގޮތުގައި ސިފަކުރަމުންދާ “މާމުއި”ގެ ޝޯތައް އަތޮޅުތެރޭގައި ދެއްކުމަށްވެސް އަންނަނީ ތައްޔާރުވަމުންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި