ފްރައިޑް ކެރެޓަކީ ބިޒީ ޝެޑިއުލްގައި އުޅުއްވާ ބޭފުންނަށް ގޭގައި ކެއުމަށް ތައްޔާރު ކޮށްލެވިދާނެ ފަސޭހަ އެއްޗެކެވެ. މިއީރޮށްޓާއެކު އަދި ބަތާއިއެކުވެސް ކެވިދާނެ މީރު، ތައްޔާރުކޮށްލަން ފަސޭހަ އެއްޗެކެވެ.

ބޭނުންވާނެ ތަކެތި:

– 1 ފިޔާ (ކުދިކޮށް ކޮށާފައި)

– 2 ލޮނުމެދު (ކުދިކޮށް ކޮށާފައި)

– 2 ހިކަނދިފަތް

– 1/2 ކިލޯ ކެރެޓު (ހިމަދިގުކޮށް ކޮށާފައި)

– 1/2 ކިލޯ ކޮށާފައިހުރި ކެބެޖް (ކެރެޓް ކޮށާފައި ހުރި ފުޅާމިނަށް ކޮށާފައި)
– 3 ސަމުސާ ސޯޔާސޯސް
– ރަހަލާވަރަށް ލޮނުކޮޅެއް

ތައްޔާރުކުރާނެ ގޮތް:
– ​ތެއްޔަށް ތެޔޮފޮދު އެޅުމަށްފަހު ފިޔާކޮޅާއި ހިކަނދިފަތާއި ގިތެޔޮމިރުސްކޮޅު އަޅައި ފިޔާކޮޅު މަޑުވެލަންދެން ކައްކާލާށެވެ.

– ފިޔާކޮޅު މަޑުވެލުމުން ލޮނުމެދުކޮޅު އަޅާލާށެވެ.

– ލޮނުމެދު ކޮޅު މަޑުވުމުން ކެރެޓް އަދި ކެބެޖް އެޅުމަށްފަހު ސޯޔާސޯސް އަދި ރަހަލާވަރަށް ލޮނުކޮޅެއް އަޅާލާށެވެ.

– އެއަށްފަހު މަޑުގިނީގައި 10މިނިޓް ވަންދެން ކައްކާލައްވާށެވެ.

– މިހާރު އެހެރީ ފްރައިޑް ކެރެޓް ތައްޔާރުކުރެވިފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އާއިޝަތު ފައިނާޒް (އައިޗަތު)
އާއިޝަތު ފައިނާޒް (އައިޗަތު)
ތަފާތު މައުޟޫތަކަށް އާއިޝަތު ފައިނާޒް (އައިޗަތު) ލިޔާނެއެވެ. އެގޮތުން ބަހާއި އަދަބިއްޔާތު، އިޖްތިމާޢީ ރޮނގުންނާއި އިތުރު ދާއިރާތަކުންވެސް ލިޔާނެއެވެ.