އިލްޔާސް ވަހީދުގެ ”އައި ފިލްމްސް“ އިން އަލަށް އުފައްދާ ފީޗާ ފިލްމު ”ބަވަތި”ގެ ތިއެޓްރިކަލް ޓްރެެއިލަރ މީސްމީޑީއާއަށް މިރޭ ރިލީޒްކޮށްފިއެވެ.
ހުކުރުދުވަހުގެ ރޭ 08:30 ގައި މީސްމީޑިޔާއަށް ޓްރެއިލަރ ދޫކޮށްލާފައި ވާއިރު ހަމަ އެރޭ ވީޓީވީ ސިނަމާ ޕްރޮގްރާމުގައިވެސް މި ޓްރެއިލަރ ދައްކާފައިވެއެވެ.
އިލްޔާސް ވަހީދު ލިޔެ ޑައިރެކްޓްކުރާ “ބަވަތި”ގެ ދެ ޕޯސްޓަރު ރަސްމީކޮށް އާއްމުކޮށްފައިވާއިރު، ރޭވެސް ވަނީ އައު ޕޯސްޓަރެއް ދައްކާފައެވެ. އަލަށް ނެރުނު ޕޯސްޓަރުގައި މުނިއަވަސްގެ ލޯގޯ ވެސް ޖަހާފައިވެއެވެ.
ފިލްމު ”ބަވަތި“ގައި މުހިންމު ރޯލްތަކުން ފެނިގެންދާ ތަރިންގެ ތެރޭގައި ކުރިއަރަމުން އަންނަ ޒުވާން ތަރި، ނުޒުހަތު ޝުއައިބު (ނުޒޫ) އާއި ފިލްމީ ދާއިރާއަށް މުޅިން އަލަށް ނުކުންނަ އިފްނާޒް ފިރާގެވެ. އިފްނާޒަކީ ދިޓީވީގެ އިތުރަށް ދި ވީޓީވީގައިވެސް ބައެއް ޝޯތައް ހުށައަޅާދީފައިވާ ޕްރެޒެންޓަރެވެ. މީގެ އިތުރުން އިފްނާޒަކީ ބައެއް އިޝްތިހާރުތަކުންވެސް ފެންނަ ފަންނާނެކެވެ.
https://www.facebook.com/349152015708227/videos/467233240519993/?v=467233240519993
ހުކުރުދުވަހުގެ ރޭ ރިލީޒްކުރި ދިގު ޓްރެއިލަރ އިން ފިލްމު ”ބަވަތި”އިން ފެނިގެންދާނެ އެތަކެއްގެ މަންޒަރުތަކެއް ކުރު ޚުލާސާއެއްގެ ގޮތުގައި ފެނިގެންދާނެއެވެ.
”ބަވަތި”ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
