ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަނެއްކާވެސް ފަންނާނުންގެ މިއުޒިކީ އީދު ފަށަނީ

މިނިވަންދުވަހާއި ގުޅިގެން މާލޭގައި ކުރިން ފޯރި ގަދަކޮށް ބާއްވަމުން ގެންދިޔަ “ދިވެހި ފަންނާނުންގެ މިއުޒިކީ އީދު” މި އަހަރުގެ މިނިވަން ދުވަހާއެކު އަނެއްކާވެސް ފެށުމަށް ނިންމާފައިވާކަމަށް ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން ބުނެފިއެވެ.

ފަންނާނުންގެ މިއުޒިކީ އީދު 2016 ވަނަ އަހަރު ސަރުކާރުން އަލުން ފެށީ 11 އަހަރު ވާންދެން މި ޝޯ މެދުކެނޑިފައިވަނިކޮށެވެ. ނަމަވެސް އޭގެ ފަހުން މިދިޔަ ދެ އަހަރު މި ޝޯ ބާއްވާފައެއް ނުވެއެވެ.

ދިވެހި ފަންނާނުންގެ ހަރަކާތްތައް މީގެ ކުރިން މިނިވަން ދުވަސްތަކާއި ގުޅުވައިގެން ގެންނަ ގޮތަށް މިފަހަރު މިއީދުގެ ހަރަކާތްތައް ކުރިއަށްގެންދަވާނީ ޖުލައި 27 އަދި 28 ވަނ ދުވަހުގެ ރޭ 08:30 ން 12:00 ގެ ނިޔަލަށް އަލިމަސް ކާނިވާ ސްޓޭޖުގައި ކަމަށް އެންސީއޭ އިން ބުނެއެވެ.

ފަންނާނުންގެ މިއުޒިކީ އީދަކީ ރާއްޖޭގެ ލަވަކިއުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންގެ ހުނަރު ދައްކާލުމަށް ކޮންމެ އަހަރެއްގެ ވެސް މިނިވަން ދުވަހާ ގުޅުވައި މާލޭގައި ވަރަށް ކުރިއްސުރެ ބާއްވަމުން ދިޔަ ފޯރިގަދަ ޝޯތަކެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top