ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ކާކު؟” އަކީ ޙަޤީޤީ ހާދިސާއަކަށް ބިނާކޮށްފައިވާ ފިލްމެއް – މާއެނބޫ

މީ ޕްރޮޑަކްޝަނުން އުފައްދައި މި އަހަރު ސެޕްޓެމްބަރު 24 ގައި ރިލީޒްކުރުމަށް ނިންމާފައިވާ ބިރުވެރި ފިލްމު ”ކާކު؟”އަކީ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައަކަށް ކުޅެފައިވާ ފިލްމެއްކަމަށް ފިލްމުގެ ޑައިރެކްޓަރ މުޙައްމަދު އަބޫބަކުރު (މާއެނބޫ) ބުނެފިއެވެ.

ޑައިރެކްޓަރ މުޙައްމަދު އަބޫބަކުރު (މާއެނބޫ) އަށް މިކަން ފުރަތަމަ ފަހަރަށް ހިއްސާކުރެވުނީ ފިލްމު ”ކާކު؟”ގެ އޮންލައިން މީޑިއާ ޕާޓްނަރ މުނިއަވަސް ދިން އިންޓަވިއުއެއްގެ ތެރެއިންނެވެ.

“މިއީ އަސްލު މިހައިތަނަށް އާއްމުކޮށްފައި ނުވިޔަސް، ޙަޤީޤަތުގަވެސް ހިނގާފަވާ ހާދިސާއެއް ހިމެނޭ ފިލްމެއް.” މުނިއަވަސް އަށް މާއެނބޫ ބުންޏެވެ.

https://www.facebook.com/kaakuthemovie/videos/338750703731560/?v=338750703731560

ފިލްމުގެ ލީޑް އެކްޓަރ އިބްރާހިމް ސޮބާޙް (ކުޑަ ސޮބާ) ވެސް ބުނީ މިއީ ޙަޤީޤަތުގައިވެސް ހިނގާފައިވާ ހާދިސާއަކަށް ކުޅެފައިވާ ފިލްމެއް ކަމަށެވެ. ސޮބާ އިތުރަށް ބުނީ ފިލްމުގެ ޝޫޓިން ތެރޭގައިވެސް ރޫހާނީ ކަންކަމާ އެމީހުންނަށް ދިމާވެފައިވާ ކަމަށެވެ.

ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ މަޝްހޫރު އެކްޓަރ/ޑައިރެކްޓަރ ހާމިދު އަލީ، އިބްރާހީމް ސޮބާ (ކުޑަސޮބާ)، ޝާފިއު މުހައްމަދު، އިރްފާނާ އިބްރާހީމް (އިރޫ)ގެ އިތުރުން އައިޝާތު ޔާސިރާ އެވެ. މީގެ އިތުރުން ވަރަށް ޚާއްޞަ ފެނިލުމަކުން މާއެނބޫ ވެސް ފެނިގެންދާނެ އެވެ.

ކާމިޔާބު ގިނަ ފިލްމުތަކެއް ބެލުންތެރިންނާ ހަމަޔަށް ގެނެސްދީފައިވާ ޕްރޮޑިއުސަރު/ޑައިރެކްޓަރު މުހައްމަދު އަބޫބަކުރު (މާއެނބޫ)ގެ ފިލްމު ”ކާކު؟”ގެ ޓިކެޓްވެސް މިހާރު ވިއްކަން ފަށާފައިވާއިރު، ފިލްމުގެ ޓިކެޓް ބުކްކުރުމަށް 7954191 ނަންބަރަށް ގުޅުމަށް ފިލްމުގެ ޕްރޮޑްކްޝަން ޓީމުން އެދެއެވެ.

https://www.facebook.com/kaakuthemovie/videos/2204188229636062/?v=2204188229636062

މަހްދީ އަހްމަދުގެ ސްކްރީންޕްލޭ އަކަށް ކުޅެފައިވާ ފިލްމު ”ކާކު؟“ އިން ފެނިގެންދާނީ ރަހުމަތްތެރިން ތަކަކަށް ދިމާވާ ބިރުވެރި ކަންތައްތަކެއް ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ. މި ފިލްމްގެ ހުރިހާ މަންޒަރެއްވެސް ނަގާފައިވަނީ ހދ. ކުޅުދުއްފުށީގައެވެ.

ފިލްމު ”ކާކު؟“ގެ އެފްއެކްސް ހަދާފައިވަނީ ބޮޑު ރިޔާއެވެ. ފިލްމަށް ކޮސްޓިއުމް ފޯރުކޮށްދީފައިވަނީ ’ޕެންޓަގްރާމް‘ އިންނެވެ. ކެމެރާ ކޮށްފައިވަނީ މާއެނބޫއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

ފަހުގެ ޚަބަރު
Home
Menu
Search
Back to top