ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އީސަގެ “ހަނދާން ކުރައްޗޭ”ގެ ޓީޒާއެއް ދޫކޮށްލައިފި

ކުރީގެ މަޝްހޫރު ފިލްމީތަރި، ޑައިރެކްޓަރ އީސާ ޝަރީފްގެ ލަވަ އަލްބަމް “ހަނދާން ކުރައްޗޭ” ޢީދު ހަދިޔާއެއްގެ ގޮތުގައި ‘ބައިސްކޯފު’ގެ އަހުލުވެރިންނަށް ދޫކޮށްލަން ތައްޔާރުވެފައިވާއިރު، އަލްބަމްގެ ބައެއް ލަވަތައް އިއްވާލައިފިއެވެ.

ލަވަ އަލްބަމް “ހަނދާން ކުރައްޗޭ”ގެ މަޢުލޫމާތު އެންމެ ފުރަތަމަ ފަހަރަށް މީޑިއާއަކަށް ދެމުން މުނިއަވަސް އަށް އީސަ ބުނީ މުޅިންވެސް ލޯބީގެ ލަވަތައް ހިމެނޭ މި އަލްބަމް އީދު ދުވަހުން ފެށިގެން ބައިސްކޯފް އެޕުން އަޑުއެހެން ހުންނާނެ ކަމަށެވެ.

ޅެންވެރިކަމުގެ ރޮނގުން ރާއްޖޭގެ ޅެންވެރިންގެ އިސް ސަފުގައި ގުނައިލެވޭ އީސަގެ އަށް ލަވަ މި އަލްބަމުގައި ހިމަނާފައިވާއިރު، އަނެއް ދެލަވައިގެން ޅެން ހަދާފައިވަނީ މި ޖީލުގެ ޒުވާން، ހުނަރުވެރި ޅެންވެރިޔާ އިއްޒަ އަހުމަދު ނިޒާރެވެ.

ލަވަތައް ކިޔާފައިވަނީ މުހައްމަދު އަބްދުލްޣަނީ (ތޭރަ) އާއި މަރިޔަމް އަޝްފާގެ ދެމަފިރިންގެ އިތުރުން ރާފިޔަތު ރަމީޒާ،  މުމްތާޒް މުސާ އަދި ހާމިދު ނިޝާންއެވެ. ހާމިދު ނިޝާން އަކީ އީސަގެ އަލްބަމެއް ކަމަށްވާ ‘ހިތު ކޭތަ’ގެ ހުރިހައި ލަވައެއް ކިޔާފައިވާ ހިތްގައިމު އަޑުގެވެރޔާ އެވެ.

“މިއީ އަސްލު އަހަރެން ކޮށްލާ ޓެސްޓެއް. ކުރީގަ ނެރުނުފަދަ ލޯބީގެ ލަވަތަކެއް މި ނެރެނީ ވަރަށް ފަހުގެ ރީތި ހިންދީ ރާގުތަކަށް. ކުރިން އަލްބަމްތަކުގެ ސީޑީ ވިކުނު ނަމަވެސް މިހާރު އެ މާކެޓެއް ނޯވޭ. ބައިސްކޯފަކީ އެންމެ ގިނަ ވިއުވާރސް ތިބޭ އެޕްލިކޭޝަން. އެހެންވެ ބައިސްކޯފް އެޕަށް މި އަލްބަމް އަޕްލޯޑް ކުރީ” އީސަ ބުންޏެވެ.

އީސަގެ ވިސްނުން ހުރީ ރާއްޖޭގައި ދިވެހި ލަވަ އަޑުއެހުމަށާއި ވީޑިއޯ ލަވަ ބެލުމަށް ކުރިން އޮތް ޝައުޤުވެރިކަން މިހާރުގެ އޯޑިއަންސްގެ މެދުގައި އޮތް މިންވަރެއް ޓެސްޓްކޮށްލައި އޭރުގެ އެ ރޫހާއި ފޯރި އަލުން ގެނައުމަށް ކަމަށް އީސަ ބުންޏެވެ.

ދެމަހެއްހައި ދުވަސް ތެރޭގައި “ހަނދާން ކުރައްޗޭ”ގެ ވީޑިއޯ ހެދުމުގެ މަސައްކަތް ފަށާނެ ކަމަށް އީސަ ވަނީ ބުނެފައެވެ. އެގޮތުން ތްރީ-ޑީކޮށް ދެ ލަވައިގެ ވީޑިއޯ ހެދުމުގެ މަސައްކަތުގެ ބައެއް ކަންތައްތައް މިހާރުވެސް ފަށާފައިވާކަމަށް އީސަ ބުންޏެވެ.

https://www.facebook.com/shareef.easa/videos/486411831919060/

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
Rashumeehaa7 އަހަރު ކުރިން

Mivee Kihineh mi listga easa shareef aai mumthaazu moosa himenunyma varah hairaanvejje dhen mifadha albameh nereyiru trio shifaau Ibrahim rameez li rameez adhi baareeves himeneynehen heevany

Home
Menu
Search
Back to top