ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ކަރުހަކުރު”ގެ ދެވަނަ ސީޒަން ޢީދު ދުވަހު ދައްކަން ފަށަނީ

ވަރަށް ކާމިޔާބު އެއް ސީޒަން ނިންމާލައި ކުޑަކުޑަ ބްރޭކެއް ނެގުމަށްފަހު ރާއްޖޭގެ ފުރަތަމަ ސިޓް-ކޮމް ސީރީޒް “ކަރުހަކުރު”ގެ ދެވަނަ ސީޒަންގެ ފުރަތަމަ އެޕިސޯޑް ޢީދު ދުވަހުގެ ރޭ ދައްކަން ފަށާނެކަމަށް ބައިސްކޯފުން ބުނެފިއެވެ.

އޯކޭޒް އާއި ބައިސްކޯފް އެޕް ގުޅިގެން ރާއްޖޭއަށް މުޅިން އަލަށް ތަޢާރަފްކޮށްފައިވާ ސިޓް-ކޮމް ސީރީޒް “ކަރުހަކުރު” ގެ ހުރިހައި އެޕިސޯޑެއްގެ ސްކްރީންޕްލޭ ލިޔުނީ މަޝްހޫރު ސްކްރީން ރައިޓަރ މަހްދީ އަޙްމަދު އެވެ.

“ކަރުހަކުރު” ޑައިރެކްކުރަނީ ފިލްމާއި ޑްރާމާ އުފެއްދުމުގެ ރޮނގުން މަތީ ތަޢުލީމު ހާސިލްކޮށްފައިވާ އެކްޓަރ، ޑައިރެކްޓަރ މުޙައްމަދު މުންތަސިރު (މުންކޮ) އެވެ.

ސީރީޒްގެ ދެވަނަ ސީޒަން އަަށް އިންތިޒާރުގައި ގިނަ ބަޔަކު ތިބިއިރު، “ކަރުހަކުރު”ގެ ކުރިއަށް ހުރި އެޕިސޯޑްތަކަކީ ވެސް ބެލުންތެރިން ވަރަށް ބޮޑަށް ހެއްވައިލާނެ އެޕިސޯޑްތަކެއް ކަމަށް ޑައިރެކްޓަރ މުންކޮ ބުނެއެވެ.

އާއްމުވެފައިވާ ވީޑިއޯއަކުން ފެންނަގޮތުން “ކަރުހަކުރު”ގެ ސެޓްގައި އިން މަހްދީ އަށް މުންކޮ ގެރެންޓީ ދީފައިވާ ފަދައިން ‘އެބުނާ އެޕިސޯޑް’ގެ އިތުރުންމ ދެން ހުރި ހުރިހައި އެޕިސޯޑްތަކެއްވެސް ވަރަށް ފައްކާ ވާނެކަމަށް މަޢުލޫމާތު ލިބެއެވެ.

https://www.facebook.com/baiskoafu/videos/356809115252918/UzpfSTUzMjgxNTIxNDoxMDE2MjE4NDk1Njc0NTIxNQ/?__tn__=lC-R&eid=ARBtcdXslz409H7PKps0HO_X3zwqONMjNusucbEIW9sG73oU8_4Hjcj6Tupe4Ru8WAd3P1smh8jVBCYW&hc_ref=ARRa1So-Hgtw13SqZKNEgzwGKXd0y-r2XKvHE6rkDPP1hXEXTwSkCsbO993ZMdW73Yk&__xts__[0]=68.ARBk59oFhxalczgCC18DGXlsvfsCX7Xpo_nYCzjesBpPcECERTAk18d3ihz1QwqYraZ4ebn2W6lxgdy-YDGIDdBx2RkoXWobNBxjCExMbngA5-V8OoyFl8XyiNFiG7xUTr1MQUUPSJ1e8csHM0v2R2tgXx3KhJBWJt7i-TXI7BMwTg0zcp9A5MYZms75W6BEg8SuWlUoHtbrdImLMg

”ކަރުހަކުރު“ ސީރީޒް ގެ ކާސްޓުނަކީ މަޝްހޫރު ލަވަކިއުންތެރިޔާ ލަމްހާ ލަތީފް (ލިއުޝާ)، މަޝްހޫރު ފިލްމީ ތަރި އަލީ އާޒިމް (ޒެކް)، ދިވެހި ބަހުގެ މާހިރު ޞާދުބޭގެ ހަގު ދަރިފުޅު ރައުފަތު ޞާދިޤު (ނާއިފް)، އައިޝަތު ޢަލީ (ލީޒާ) އާއި ޙުސައިން ނާޒިމް (ރަޝީދު) އެވެ.

މި ސީރީޒްގައި ލަމްހާ ލަތީފް ފެނިގެންދަނީ ކުޑަ އާއިލާއެއްގެ ތެރޭގައި ލިއުޝާގެ ކެރެކްޓާގެ ގޮތުގައެވެ. ލަމްހާގެ ވަރަށް މޮޅު އެކްޓިންއެއް “ކަރުހަކުރު” ސީރީޒްއިން ވަނީ ފެނިފައެވެ.

”ލިއުޝާގެ ފިރިއެއްގެ ގޮތުގައި ފެނިގެންދަނީ ރައުފަތު ޞާދިޤު. ބުނެވޭނީ މީނައަކީ އުފަންވިއިރުވެސް އެކްޓް ކުރުން ކަށީގައި ހަރުލާފައި ހުރި ފަންނާނެކޭ، އެހާވެސް މޮޅު. ޞާދުބޭގެ ދަރިއެއްކަމުން ހަމަގައިމުވެސް ދިވެހިބަސް ވަރަށް ފުރިހަމައަށް ޑައިލޮގް ތަކުގައި ގެނެސްދީފައި އެބަހުރި.“ ތަރިންގެ މަސައްކަތާމެދު އޯކޭޒް އިން މުނިއަވަސް އަށް ބުނެފައި ވެއެވެ.

މި ސީރީޒްގައި ދައްކައިދޭ އާއިލާ ތެރެއަށް އައިސް އުޅޭ ރަހުމަތްތެރިއެއްގެ ގޮތުގައި ފެނިގެންދަނީ ހުނަރުވެރި އެކްޓިންއެއް ދައްކަމުން އަންނަ ޢަލީ އާޒިމް (ދޮން އައްޔަ) އެވެ.

https://www.facebook.com/mahdi.ahmed/videos/10162208392265215/?__tn__=lC-R&eid=ARBtcdXslz409H7PKps0HO_X3zwqONMjNusucbEIW9sG73oU8_4Hjcj6Tupe4Ru8WAd3P1smh8jVBCYW&hc_ref=ARRa1So-Hgtw13SqZKNEgzwGKXd0y-r2XKvHE6rkDPP1hXEXTwSkCsbO993ZMdW73Yk&__xts__[0]=68.ARBk59oFhxalczgCC18DGXlsvfsCX7Xpo_nYCzjesBpPcECERTAk18d3ihz1QwqYraZ4ebn2W6lxgdy-YDGIDdBx2RkoXWobNBxjCExMbngA5-V8OoyFl8XyiNFiG7xUTr1MQUUPSJ1e8csHM0v2R2tgXx3KhJBWJt7i-TXI7BMwTg0zcp9A5MYZms75W6BEg8SuWlUoHtbrdImLMg

“ކަރުހަކުރު” ކާސްޓުންގެ ލިސްޓަށް ފުރަތަ ސީޒަންގައި މެހެމާނެއްގެ ގޮތުން ބައެއް ސެލެބްރިޓީން އިތުރުކޮށްފައިވާއިރު، މިފަހަރުވެސް ބައެއް ފަންނާނުން ފެނިގެންދާނެކަން މުނިއަވަސް އަށް ވަނީ އެނގިފައެވެ.

”ކަރުހަކުރު“ގެ ފުރަތަމަ ސީޒަންގެ އެޕިސޯޑްތައް ދައްކާފައިވަނީ ކޮންމެ އަނގާރަ ދުވަހެއްގެ ރޭ ހަމައެކަނި ބައިސްކޯފް ވީޑިއޯ ސްޓްރީމިންގ އެޕް މެދުވެރިކޮށެވެ. އެހެންކަމުން މިފަހަރުވެސް އެޕިސޯޑްތައް އަންނާނީ ހަމަ އެރޭ ކަމަށް ޤަބޫލުކުރެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top