ބައިސްކޯފުން ގެނެސްދެމުން އަންނަ ތަފާތު ޝޯ ތަކުގެ ތެރެއަށް އިތުރުވެގެންދާ މުޅިން އާ ތަފާތު ޝޯ، “ޝަމަން ދަ ސްޓްރީޓް މެޖީޝަން” މިއަދު 1000 ގައި ދައްކަން ފަށާނެ ކަމަށް ބައިސްކޯފުން ބުނެފިއެވެ.
ބައިސްކޯފުން އަލަށް ތައާރަފުކުރާ ބައެއް ޝޯ ތަކުގެ މަޢުލޫމާތު މުނިއަވަސްއާ ހިއްސާކުރަމުން އެތަނުގެ އޮފިޝަލް، އަޙްމަދު އިޤްބާމް ބުނީ ބައިސްކޯފުން ގެނެސްދެމުންދާ ތަފާތު ޖޮންރާ ތަކުގެ ޝޯތަކަށް އިތުރުވާ އައު ޝޯ އަކީ ޝަމަންގެ ސްޓްރީޓް މެޖިކް ޝޯ ކަމަށެވެ.
ޢީދު ދުވަހު ހެނދުނު ޕްރިމިއާކުރާ މި ޝޯގެ އެޕިސޯޑުތައް ދެއްކުމަށް ހަމަޖެހިފައިވަނީ ކޮންމެ އަންގާރަ ދުވަހެއްގެ ރޭ 2100 ގައި ކަމަށްވެސް އިޤްބާލް ބުންޏެވެ.
ޖާދޫ ހެދުމަށް މޮޅު ދިވެހި ޖާދޫގަރު ޝަމަން ގެ ޓްރިކްތައް މަގުމަތިން އެކި މީހުންނާއި ބައްދަލުކޮށް ދައްކައިލާނެ މި ޝޯގެ ޓީޒާއެއްވެސް ބައިސްކޯފުން އާއްމުކޮށްފައި ވެއެވެ.
Mystical by name & magical by nature, Shaman’s brand new Show will debut at #Baiskoafu on 2nd week of August. Prepare to be utterly gobsmacked & entertained. pic.twitter.com/BkefbdceAN
— Baiskoafu (@baiskoafu) July 31, 2019
“ޝަމަން ދަ ސްޓްރީޓް މެޖީޝަން” ޝޯގެ އެޕިސޯޑްތައް ޑައިރެކްޓްކުރީ ސެޕްޓެމްބަރު ދޭގައި ރިލީޒްކުރާ ފިލްމު ‘ބަވަތި’ގެ ޑައިރެކްޓަރ އިލްޔާާސް ވަހީދު (އިއްލެ) އެވެ. ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ކޮށްފައިވަނީ ‘އޯކޭޒް އިންކް’ އިންނެވެ.
