މަޝްހޫރު އެކްޓަރު އަލީ ސީޒަން އާއި ކެމެރާމަން ޝިވާޒް އަބްދުﷲ (މާސްކޭ)ގެ ފިލްމު “އަނދިރިކަން“ގެ ފުރަތަމަ ޝޫޓިންތައް ނިންމާލައިފައިވާއިރު، ޝޫޓިން ތެރެއިން، ކެމެރާގެ ފުރަގަހުން ހިނގާ ކަންތައްތައް ދައްކައިދޭ ބައެއް ވީޑިއޯތައް ހިއްސާކޮށްލާނަމެވެ.
އަންނަ އޮކްޓޫބަރު މަހު އެޅުވުމަށް އަމާޒުހިފާފައިވާ ފިލްމު “އަނދިރިކަން” މިއީ އެސް ޕްރޮޑަކްޝަނާއި މާސްކޭ ސްޓޫޑިއޯއިން އުފައްދާ އާއިލީ ޑްރާމާއެކެވެ.
ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ އަހުމަދު ޒަރީރު އެވެ. ޑައިރެކްޓްކުރަނީ ސީޒަންއެވެ. ކެމެރާ ކުރަނީ މާސްކޭ އެވެ. މޭކަޕް ކުރަނީ ޒީނަތު އައްބާސް އެވެ.
https://www.facebook.com/103414061032384/videos/363248334584750/UzpfSTEwMDAwMzI5MTg2MDMzODoyMzA1Mjg2OTk5NTkxMDA2/
”އަނދިރިކަން“ ފިލްމު ލީޑް ރޯލުން ފެނިގެން ދާނީ ސީޒަން އާއި އައިމިނަތު ރިޝްފާގެ އިތުރުން ޝީލާ ނަޖީބެވެ. އިތުރު ކާސްޓުންގެ ތެރޭގައި ޒީނަތު އައްބާސް، އަހުމަދު ސައީދު، މަރިޔަމް ޝަކީލާ އަދި މުހައްމަދު ރަޝީދު (ދަރާބެ) ހިމެނެ އެވެ.
https://www.facebook.com/103414061032384/videos/644308599396380/
”އަނދިރިކަން“ ފިލްމުގެ ޝޫޓިންގެ ބޮޑު ބައެއް ނެގުމަށް ހަމަޖެހިފައި ވަނީ މަޑުއްވަރީގައި ކަމަށް ވަނީ ކުރީން ބުނެފަ އެވެ. އެ ފިލްމުގެ ބައެއް ވަނީ މ. ރަތްމަންދޫގައި ވެސް ކުރިއަށް ގެންގޮސްފަ އެވެ.
https://www.facebook.com/103414061032384/videos/890283168004584/
”އަނދިރިކަން“ ފިލްމުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
