ވިލާ ކޮލެޖް ގަމު ކެމްޕަހުގައި މިމަހު އަލަށް ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވެފައިވާ ދަރިވަރުންނަށް އޮރިއަންޓޭޝަން ސެޝަނެއް މިއަދު ހެނދުނު ބާއްވައިފިއެވެ.
ވިލާ ކޮލެޖް ގަމު ކެމްޕަހުން އަލަށް ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ، ޑިޕްލޮމާ އިން ނާސިންގ، ފައުންޑޭޝަން އިން ޓީޗިން، ފައުންޑޭޝަން އިން ލޯ، ސެޓިފިކެޓް ފޯ އިން ފާމަސީ، އަދި ބެޗްލާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ވިތު މާކެޓިންގ (ޔޫކޭ) ހިމެނެއެވެ.
މިއަދު ހެނދުނު ކުރިއަށްގެންދިޔަ އޮރިއަންޓޭޝަންގައި ވިލާ ކޮލެޖް ގަމު ކެމްޕަހަށް ހިތްވަރުދިނުމުގެ ގޮތުން ލ. ގަމު ތުނޑީ ކަނބަލުންގެ ފަރާތުން ފަރިވަޅެއް އަރުވާފައިވެއެވެ.

ވިލާ ކޮލެޖް ގަމު ކެމްޕަހުގައި މިފަހަރު ފެށުމަށް ހަމަޖެހިފައިވާ ބައެއް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށް އެ ކެމްޕަހުން ބުނެއެވެ.
ކޯސްތަކުގައި ބައިވެރިވުމާއި އިތުރު މަޢުލޫމާތު ހޯދުމަށް 7980445 ނަންބަރާ ގުޅުމަށް އެ ކެމްޕަހުން އެދެއެވެ.
ވިލާ ކޮލެޖުން ހިންގަމުން އަންނަ ބައެއް ކޯސްތައް މިހާރުވެސް ހިންގަމުން އަންނަ ވިލާ ކޮލެޖު ގަމު ކެމްޕަހަކީ މާލޭގައި ހިންގަމުންގެންދާ ވިލާ ކޮލެޖުގެ ފަރާތުން އަތޮޅު ތެރޭގައި ގާއިމުކުރި ހަތްވަނަ ކެމްޕަހެވެ. ވިލާ ކޮލެޖުގައި ހިންގާ ޕްރޮގްރާމްތަކާއި ކޯސްތައް ގަމުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.
މި އަހަރު ޖުލައި 29 ގައި ރަސްމީކޮށް ހުޅުވުނު ވިލާ ކޮލެޖް ގަމު ކެމްޕަހުގައި 10 ޖޫން 2019 އިން ފެށިގެން ކިޔަވައިދެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




