ވިކީ ޑޮނާރ އިން ބޮލީވުޑަށް ތައާރަފްވި އަޔުޝްމަން ކުރާނާގެ 35 ވަނަ އުފަންދުވަހާއި ދިމާކޮށް އޭނާގެ ފޭނުންނަށް މި ފަހަރު މި ވަނީ ވަރަށްވެސް ތަފާތު ސަޕްރައިޒެއް ދޫކޮށްލާފައެވެ.
އަޔުޝްމަން ކައިވެނިކޮށްގެން ހުރެ ފިލްމީ ދާއިރާއަށް ނުކުތް ކަމުގައި ވިނަމަވެސް ފާހަގަކުރެވެނީ ޒާތީ ދިރިއުޅުން މީޑިޔާއަށް ވަރަށް ބޮޑަށް ސިއްރުކޮށްފައި އޮންނަ ފަންނާނެއްގެ ގޮތަށެވެ. އެހެންނަމަވެސް ސެޕްޓެމްބަރު 14 ވަނަ ދުވަހާއި ދިމާކޮށް ފާހަގަކުރާ އަޔުޝްމަންގެ އުފަންދުވަހާއި ދިމާކޮށް އޭނާ ވަނީ އިންސްޓަގްރާމްގައި އަޔުޝްމަންއާއި އޭނާގެ އަންހެނުން އަދި މަޝްހޫރު ލިޔުންތެރިޔާ ތާހިރާ ކެޝްޔަޕްގެ ފޮޓޯތަކެއް ފޭނުންނަށް ދޫކޮށްލާފައެވެ.
2008 ވަނަ އަހަރުންފެށިގެން ކައިވެނީގެ ގޮތުން ގުޅިގެން އުޅޭ މި ދެމަފިރިންގެ އެކި ދުވަސްވަރުގެ ފޮޓޯތައް އަޔުޝްމަން އޭނާގެ ފޭނުންނާއި ވަނީ ހިއްސާކޮށްފައެވެ. އަދި ފޮޓޯތަކާއެކު އޭނާގެ އަންހެނުން ތާހިރާއަށް ނިސްބަތްކޮށް ލިޔެފައި ހުރި ހިތްގައިމު ކެޕްޝަންތައްވެސް މިހާރު ސޯޝަލް މީޑިޔާގައި ދަނީ ވައިރަލް ވަމުންނެވެ.
ކެންސަރާއި ހަނގުރާމަ ކުރަމުންދާ ތާހިރާ ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ އުއްމީދު ކަނޑައިލެވުނު އެތައް ފަހަރެއްއައި ކަމަށެވެ. އެހެންނަމަވެސް އަޔުޝްމަން ހިތްވަރު އެލުވައިނުލާކަމަށް ތާހިރާ ވަނީ ބުނެފައެވެ.
އަޔުޝްމަން އާއި ތާހިރާގެ ކައިވެންޏަށް ވަނީ ދެ ދަރިންވެސް ލިބިފައެވެ.
