ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“އަނދިރިކަން” ރިލީޒްކުރުން އޮކްޓޫބަރު 22ގައި

އެކްޓަރު/ޑައިރެކްޓަރު ޢަލީ ސީޒަންގެ ‘އެސް ޕްރޮޑަކްޝަންސް’ އާއި ޝިވާޒް ޢަބްދުﷲގެ ‘މާސްކޭ ސްޓޫޑިއޯ’ އިން ގެނެސްދޭ ފިލްމު “އަނދިރިކަންް”- (ނުއުފަންނަ ދަރި)، ރިލީޒްކުރުން އަންނަ އޮކްޓޫބަރު މަހު 22 އަށް ޝެޑިއުލްކޮށްފިއެވެ.

“އަނދިރިކަން” ރިލީޒްކުރާ ތާރީޚް އިއުލާނުކޮށްފައިވާއިރު، ފިލްމުގެ ޓީޒާ ޓްރެއިލާއެއްވެސް ވަނީ އާއްމުކޮށްފައެވެ. ލޯތްބާއި އުދާހުގެ މަންޒަރުތަކެއް މި ޓީޒާއިން ފެނިގެންދާއިރު، ޝީލާ އާއި ރިޝްފާ ފެންނަނީ ސީޒަން އާއި ގާތް ގުޅުމެއް އޮންނަ ދެމީހުންގެ ގޮތުގައެވެ.

https://www.facebook.com/103414061032384/videos/443148066546168/

އާއިލީ ޑްރާމާއެއް ދައްކައިދޭ މި ފިލްމުގެ ލީޑުން ފެނިގެންދާނީ ސީޒަން، ޝީލާ ނަޖީބު އަދި އައިމިނަތު ރިޝްފާ އެވެ. އިތުރު ކާސްޓުންގެ ތެރޭގައި މުޙައްމަދު ރަޝީދު (ދަރާ ރަޝީދު)، އަހުމަދު ސައީދު، މަރިޔަމް ޝަކީލާ އަދި ޒީނަތު އައްބާސް ހިމެނެ އެވެ.

ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ އަހުމަދު ޒަރީރުއެވެ. ކެމެރާކުރަނީ މާސްކޭ އެވެ. މޭކަޕްގެ މަސައްކަތް ކުރަނީ ޒީނަތު އައްބާސް އެވެ.

ފިލްމު ޝޫޓްކުރުން ދެ މަރުހަލާއަކަށް ބަހާލާފައިވާއިރު، ފުރަތަމަ މަރުހަލާގެ ޝޫޓިން ކޯށްފައިވަނީ މ. މަޑުއްވަރީގައެވެ. މ. ރަތްމަންދޫގައި ވެސް ފިލްމުގެ ޝޫޓިން ކުރިއަށްގެންދިޔައެވެ. ފިލްމުގެ ޑަބިން މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ.

އަނދިރިކަން“ ފިލްމުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top