ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަލިފާނުގެ ހާދިސާގައި އެކަކު ނިޔާވެފައި އޮށްވާ ފެނިއްޖެ

މިރޭ އިރުއޮއްސުނު އިރު ހިނގައި އަދިވެސް ކޮންޓްރޯލްވެފައި ނުވާ އަލިފާނުގެ ހާދިސާއާ ގުޅިގެން ގެއްލިގެން ހޯދަމުންދިޔަ އަންހެން މީހާ ނިޔާވެފައި އޮތްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ ނިޔާވެފައި އޮއްވާ ފެނުނީ ތ. ބުރުނީ 49 އަހަރުގެ އައިޝަތު ޝައުނާ ކަމަށެވެ.

މައުލޫމާތު ލިބޭގޮތުން އެ އަންހެންމީހާ ނިޔާވެފައި އޮއްވާ ފެނުނީ ދިރިއުޅޭ އިމާރާތުގެ އެތެރެއިންނެވެ. ފެނުނު އިރު އޭނާގެ ހަށިގަނޑު ވަރަށް ބޮޑަށް ފިހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ތ. ބުރުނީ 49 އަހަރުގެ އައިޝަތު ޝައުނާ

ވަރަށް ބޮޑަށް ފިހިފައި އޮށްވާ ފެނުނު މީހާ އޭޑީކޭ އަށް ގެންގޮސްގެން މިހާރުވަނީ މަރު ސާބިތުކޮށްފައިކަމަށް މަޢުލޫމާތު ލިބެއެވެ.

މިރޭ ހިނގާ ދިޔަ އަލިފާނުގެ ހާދިސާގައި ހަތް ގެއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ. އަލިފާން ރޯވެފައިވަނީ ކެމިކަލް ހުރި ގުދަނެއްގަ އެވެ. އަލިފާން ގަނޑު ފެތުރި ހަތަރު ގަޑިއިރަށްވުރެ ގިނަ އިރު އަލިފާން ގަނޑު ރޯވެފައި ހުއްޓެވެ.

ހެންވޭރު އަބަދަށްފެހި މަގުގައި ހުރި ގެތަކުގައި ރޯވި އަލިފާންގަނޑުގެ ހާދިސާގައި ދުމުގެ އަސަރުކޮށްގެން 50 އަށް ވުރެ ގިނަ މީހުންނަށް އައިޖީއެމްއެޗުން ވަނީ ފަރުވާ ދީފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top