ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކަރީނާ ކަޕޫރުގެ އުފަންދުވަސް ފާހަގަކޮށްފި

ބޮލީވުޑްގެ މަޝްހޫރު ތަރި ކަރީނާ ކަޕޫރުގެ އުފަންދުވަސް އިއްޔެ ފާހަގަ ކޮށްފިއެވެ. ކަރީނާގެ ޙަޔާތަށް އައި މި މުނާސަބު ދުވަހުގައި އޭނާގެ ސަޕޯޓަރުންވެސް ވަރަށް އުފާކުރިއެވެ. ލޯބިވާ ފިރިމީހާ އާއި ދަރިފުޅު ތައިމުރު އަދި އާއިލާގެ މެމްބަރުންނާއެކު ކަރީނާ އޭނާގެ 39 ވަނަ އުފަންދުވަސް ފާހަގަކުރީ ޕަޓައުޑީ ޕެލެސްގައެވެ. ލަގްޒަރީ ޕާޓީއެއް ބޭއްވުމުގެ ބަދަލުގައި ކަރީނާގެ މި އުފަންދުވަސް ފާހަގަކޮށްފައިވަނީ އެންމެން އެއްވެލައި އުފާކުރުވަނިވި ޚަބަރުތަކާއި ވާހަކަތައް ބަދަލުކުރުމާއި މަޖާކޮށްލުމުގެ ތެރެއިންނެވެ.

ކަރީނާގެ (ބެބޯގެ) މި އުފާވެރި ހަފްލާގައި އެކިއެކި މަޖާ މަންޒަރުތަކުގެ ގިނަ ފޮޓޯތަކާއި ވީޑިއޯ ނަގާފައިވެއެވެ. ކަރީނާ ކަޕޫރުގެ ދައްތަ ކަރިޝްމާ ކަޕޫރުވެސް އެ ޕާޓީގެ ގިނަ ފޮޓޯތަކާއި ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ. އެ ވީޑިއޯގައި ކަރީނާ ފެންނަނީ ހުދު ހެދުމެއްގައި ކޭކު ފަޅާ މަންޒަރެވެ.

މި ޕާޓީގެ އެންމެ ހާއްސަ މަންޒަރެއްގެ ގޮތުން ފާހަގަ ކުރެވެނީ ކަރީނާ އަދި އޭނާގެ ލޯބިވާ ފިރިމީހާގެ ރޮމޭންޓިކް މަންޒަރެވެ. މި އަސަރު ގަދަ ލޯބީގެ މަންޒަރު ހިމެނޭ ފޮޓޯތައް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދަނީ ދައުރު ވަމުންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top