ޢާއިލާއަށް ތުއްތުކުއްޖެއް އުފަންވުމަކީ ކޮންމެ ޢާއިލާއަކަށްވެސް ލިބޭނެ ބޮޑު އުފަލެވެ. ޚާއްޞަކޮށް އަލަށް މައިންބަފައިންނަށް ވުމުގެ އިޙްސާސަކީ އެ އިޙްސާސް ތަޖުރިބާ ކުރެވުމުން ނޫނީ ވަޒަންކޮށްލަންވެސް ނޭނގޭނެ ފޮނި އިޙްސާސެކެވެ. މައުސޫމު ފުރާނައެއް ދުނިޔެއަަށް ނޭވާލުމާއެކު އަހަރެމެންގެ ދިރިއުޅުމަށް ބޮޑު ބަދަލުތަކެއް އާދެއެވެ.

އަލަށް ދަރިފުޅެއް ލިބޭ ދުވަހަކީ ބައެއް ފަހަރަށް ބޮޑު ޝޮކެއް ލިބިގެންދާ ދުވަހަކަށް ވެސް ބައެއް މީހުންނަށް ވެއެވެ. ޚާއްޞަކޮށް ކޮންމެ 48 މިލިޔަނަކުން 1 ފަހަރު ހިނގާ ވަރަށް އާދަޔާޚިލާފް ކަމަކާއެކު ކުއްޖެއް އުފަންވެއްޖެނަމަ އެއީ ކުޑަ ޝޮކަކަށް ނުވާނެ އެވެ.

އެމެރިކާގެ ޗިކާގޯ ސިޓީ އަށް ނިސްބަތްވާ ޢާއިލާ އަކަށްވަނީ މިފަދަ އުފާވެރިކަމެއް ލިބިފައެވެ. ކޭސަން މެރީނޯ ބަލިވެއިނުމަށްފަހު އޭނާގެ މަންމަ ނަދިން ޔުގްމިޔާ ގެ ހިތް ބުނަމުން ދިޔައީ އޭނާގެ މާމަ ދަރިފުޅު ވިހާ ކުއްޖާ އަކީ ޚާއްޞަ ކުއްޖަކަށް ވާނެ ކަމަށެވެ. ކަން ވީވެސް އެހެންނެވެ. ބޭބީ އޭޑަން އުފަންވީ އޭޑަން ގެ މަންމަ ގެ އުފަންދުވަހާއި ދިމާކޮށެވެ. ހަމަ އެކަނި މަންމަގެ އުފަންދުވަހެއް ނޫނެވެ. އޭޑަންގެ މާމަ ގެ އުފަންދުވަހާވެސް އެއްދުވަހެއްގައެވެ. މާނައަކީ އެއް ޢާއިލާއެއްގެ ތިން ދަރިކޮޅު އުފަންވީ އެއް އެއް ދުވަހެއްގައެވެ. އެއް މަހެއްގަ އެވެ.

އާދަޔާޚިލާފް މި ޚަބަރާއިބެހޭ އިތުރު މަޢުލޫމާތު ތިރީގައިވާ ވީޑިއޯ އިން ބަލައިލަމާ ހިނގާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.