ދާދި ފަހުން ބާޒާރަށް ނެރުނު އައިފޯން 11 އާއެކު ނަގާފައިވާ ބައެއް ފޮޓޯތައް ޝާހްރުކް ޚާން އޭނާގެ އިންސްޓަގްރާމް ގައި ހިއްސާ ކޮށްފިއެވެ.

އައިފޯން 11 ގެ ޕްރޯ މޮޑެލް ތައްޔާރު ކޮށްފައި ވަނީ އިތުރު ބައެއް އެޑްވާންސް ފީޗާތައް ހިމަނައިގެންނެވެ. މި ފީޗާތަކުގެ ތެރޭގައި 6.5 އިންޗި އޯލެޑް ސްކްރީން، މުޅިން އަލަށް ތަޢާރަފް ފި ތިން ކެމެރާ ގެ ސެޓަޕް އަދި އޮޕްޝަނަލް މިނީ އެޕަލް ޕެންސިލް އެކްސެސަރީ ހިމެނެއެވެ. މި ފޯނަކީ މިހައިތަނަށް އެޕަލްއިން ނެރުނު އެންމެ އަގު ބޮޑު ފޯނެވެ.

ކޮންމެއަކަސް މިއީ އެޕަލް ޕްރޮޑަކްޓަކާއެކު ޝާހްރުކް ޚާން ފޮޓޯ ނެގި ފުރަތަމަ ފަހަރެއް ނޫނެވެ. ޝާހްރުކަކީ އެޕަލްގެ ވަރަށް ބޮޑު ސަޕޯޓަރަކަށް ވެފައި މި އަހަރުގެ ކުރީކޮޅު ޝާހްރުކް ޚާން ވަނީ ސެކަންޑް ޖެނެރޭޝަންގެ އެއަރ ޕޮޑް ގެ ފޮޓޯތަކެއްވެސް ހިއްސާ ކޮށްފައެވެ. ޚާން ހިއްސާކޮށްފައިވާ ޕޯސްޓް ތަކުގެ ތެރެއިން ވަޔަރލެސް ހެޑްފޯން ހިއްސާކުރި ޕޯސްޓުގެ ކެޕްޝަންގައި ‘އެމޭޒިންގ’ މިގޮތަށް ލިޔެފައި ވެއެވެ.

މިދިޔަ އަހަރު އައިފޯން އެކްސް އެސް މެކްސް މާކެޓަށް ނެރުމުގެ ކުރިން ކިންގ ޚާނަށް އެ ފޯން ވަނީ ލިބިފައެވެ. އެ ފޯނާއެކުވެސް ޚާން ވަނީ އޭނާގެ އިންސްޓަގްރާމުގައި ފޮޓޯތަކެއް ހިއްސާ ކޮށްފައެވެ. އެންމެ ފަހުގެ އައިފޯން ލިބުމުން އުފާކުރާކަމަށާއި އަދި އެޕަލް ކުންފުންޏަށް އެ ޕޯސްޓްގައި ޝުކުރު އަދާ ކޮށްފައި ވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ޝައިލާ
ފިލްމީ ޚަބަރު ލިޔުމަކީ ޝައިލާގެ ޚާއްޞަ ހުނަރެކެވެ. ބޮލީވުޑްގެ ޚަބަރުތައް ލިޔުމަކީ ޝައިލާގެ ޚާއްޞަ ދާއިރާއެވެ.