ގޮއިދޫ ސްޕޯރޓްސް އެންޑް ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީގެ ފަރާތުން އިސްނަގައިގެން އެ ރަށުގެ ކުޅި ހިމެނޭ ސަރަޙައްދު ސާފުކޮށްފިއެވެ.
ގޮއިދޫ ސްޕޯރޓްސް އެންޑް ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީން ހަފްތާއެއްހާ ދުވަހުގެ މަސައްކަތުން ސާފުކޮށް ނިންމާލާފައިވާ މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ރަށުތެރެ ސާފުކޮށް ރީތިކޮށް ބޭއްވުމާއި އަދި ކުޅީގެ ވަށައިގެން ހިނގޭނެ ގޮތަށް މަގެއް ހެދުން ކަމަށް އެސޮސައިޓީގެ ރައީސް ހަސަން ނިޒާމް މަޢުލޫމާތު ދެއްވައެވެ.

ބ. ގޮއިދޫ ކުޅި ސާފުކުރުން – ފޮޓޯ: ގޮއިދޫ ސްޕޯރޓްސް އެންޑް ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީ
“މި ސަރަޙައްދަކީ ބ.އަތޮޅު ބަޔޮސްފިއަރ ރިޒާރވްގައި ހިމެނޭ ސަރަޙައްދެއް.. ވަރަށްގިނަ ފަތުރުވެރިން ޒިޔާރަތް ކުރާ ތަނެއް…އެންމެ މަދުވެގެން އަހަރަކު ދެފަހަރު ސާފުކުރާ ގޮތަށް އަޅުގަނޑުމެން މިވަނީ ނިންމާފައި” ހަސަން ނިޒާމް ވިދާޅުވިއެވެ.

ބ. ގޮއިދޫ ކުޅި ސާފުކުރުން – ފޮޓޯ: ގޮއިދޫ ސްޕޯރޓްސް އެންޑް ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީ
މީގެ އިތުރުން ކުޅިއަށް ދާން އޮތް މަގުތައް ވެސް ކުރިއަށް އޮތްތަނުގައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
