2014 ވަނަ އަހަރު މާރޗް މަހު މެލޭޝިޔާގެ ވެރިރަށް ކުއާލަލަމްޕޫރުން ބެއިޖިންއަށް ދާން ފުރި މެލޭޝިއަން އެއަރލައިންސްގެ MH370 މަތިންދާބޯޓު 239 މީހުންނާއެކު ގެއްލުނު ހާދިސާގެ ސިއްރު ހޯދިއްޖެކަމަށް އެކަން ތަހުގީގުކުރާ ޓީމުން ބުނެފިއެވެ.

ޚަބަރު ފަތުރާ ގިނަ ވަސީލަތްތަކަކާ ހަވާލާދީ، ވައިގެ ދަތުރުފަތުރުގެ ސަލާމަތާބެހޭ ތަޖުރިބާކާރުންތަކެއް ބުނާގޮތުން މަތިންދާބޯޓުގެ ކެޕްޓަން ކުރިން ރާވާފައިވާގޮތަށް ގަސްތުގައި އަމިއްލައަށް މަރުވާން ބޯޓު ވައްޓާލީ އެވެ.

ބޯޓުގެ ހުރިހާ ފަސިންޖަރުން ހޭނައްތާލަން ކެޕްޓަން ޒަހަރީ އަހްމަދު ޝާހު ކުރިކަމަކީ ކެބިންގެ ޕްރެޝަރ ގަސްތުގައި ދަށްކޮށްލީއެވެ. ބޯޓުގެ މިސްރާބު ބަދަލުކޮށްލުމުން އެއްވެސް ފަސިންޖަރަކަށް އިމަޖެންސީ ކޯލެއް ކުރަން ނުވަތަ މެސެޖެއް ކުރަން ފުރުސަތު ނުލިބުނީ މިހެންވެގެންކަމަށް ގަބޫލު ކުރެވެއެވެ.

ދެން ޝާހު އޭނާގެ އުފަންރަށް ޕީނޭންގް މަތިން ވަދާއީ ބުރެއް ޖަހާލާފައިގޮސް ދެކުނު އިންޑިއާ ކަނޑަށް ބޯޓު ވައްޓާލީއެވެ.

ބޯއިންގ 777 ގެ ސީނިއަރ ޕައިލެޓެއް އަދި އިންސްޓްރަކްޓަރެއް ކަމަށްވާ ސައިމަން ހާޑީ “60 މިނިޓްސް އޮސްޓްރޭލިޔާ” އަށް ކިޔައިދިން ގޮތުގައި ބޯޓު ރާޑަރުތަކަށް ނާރާގޮތަށް ޝާހު ހެދީ މެލޭޝިޔާ އާއި ތައިލެންޑްގެ ބޯޑަރު މަތިން ދުއްވައިގެންނެވެ.

ބޯޓުގެ ހޯދިފައިވާ ބައިތައް ތަހުލީލު ކޮށްގެން އެނގުނު ގޮތުގައި ޝާހު އަށް ބޯޓުގެ ފުރިހަމަ ކޮންޓްރޯލް އޮތްކަމާއި ބޯޓު ވައްޓާލީ ކުއްލިއަކަށް ނޫންކަމަށް ސީބީއެސް އިން ބުނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު ނަޒީރު
މުޙައްމަދު ނަޒީރު
އާއްމުކޮށް ނަޒީރުގެ ލިޔުންތައް ނުފެނުނަސް، ނަޒީރަކީ ތަޖުރިބާކާރު ބޭފުޅެކެވެ.