ވީމީޑިއާ އޮރިޖިނަލްސް އިން އުފައްދާ ދެވަނަ ފީޗާ ފިލްމު ”ކޮސް ގިނަ މިސްޓޭކްް“ގެ ޝޫޓިންގެ 90އިންސައްތަ ނިމިއްޖެކަމަށް ފިލްމުގެ ޕްރޮޑަކްޝަން މެނޭޖަރ އިސްމާޢީލް ޝަފީޤް ބުނެފިއެވެ.
އޯގަސްޓް މަހު 28ވަނަ ދުވަހު އދ. ފެންފުށީގައި ޝޫޓިން ފެށި ”ކޮސް ގިނަ މިސްޓޭކްް“ގެ ޝޫޓިންގައި ހިމެނޭ ފެންފުށީގައި ނަގަންޖެހޭ ބައިތައް ނަގައި ނިމުމަށްފަހު ސެޕްޓެމްބަރު 30ގައި ފިލްމުގެ ތަރިންނާއި ކްރޫ އެނބުރި މާލެ ގޮސްފައިވެއެވެ. ނަމަވެސް ސަން އައިލެންޑް ރިސޯޓްގައި ނަގަން ރާވާފައިވާ ބައިތައް އެއްކޮށް ނަގައި ނުނިމޭކަމަށް މަޢުލޫމާތު ލިބެއެވެ.
ފިލްމުގެ ޑައިރެކްޓަރު ޔޫސުފު ޝަފީޢު (ޔޫއްޕެ) ބުނީ ސަން އައިލެންޑް ރިސޯޓް ފުލްވުމުގެ ސަބަބުން ފިލްމުގެ ބާކީ އޮތްބައި ޝޫޓްކުރެވެން ނެތުމުން އެނބުރި މާލެ ދިޔައީ ކަމަށެވެ.
“ރިސޯޓް ފުލްކޮށް އޮތީމަ ރިސޯޓްގެ ބައެއް ސީންތައް ނުނެގުނީ. ބޭނުންވާ ރޫމް ނުލިބިގެން ބާކީ އޮތްބައި ނުނެގުނީ.” ޔޫއްޕެ ބުނީ އެ ސަބަބާހުރެ ލަސްވާތީ މާލެ ދިޔައީ ކަމަށާއި ފަހުން އެބައި ނެގުމަށް ސަން އައިލެންޑަށް ދާނެކަމަށެވެ.
ފިލްމުގައި މަޝްހޫރު ގިނަ ތަރިންތަކެއް ހަރަކާތްތެރިވާއިރު މުހިންމު 13 ތަރިން ފިލްމުން ފެނިގެންދާނެއެވެ. އެގޮތުން ހާމިދު ޢަލީ (ހާމިދު)، ޔޫސުފު ޝަފީޢު (ޔޫއްޕެ)، ޢަލީ ސީޒަން (ސީޒަން)، މަރިޔަމް އައްޒަ (އައްޒަ)، ނުޒުހަތު ޝުއައިބް (ނުޒޫ)، އިބްރާހިމް ޝާފިއު (ފުބޫ)، އިރުފާނާ އިބްރާހީމް (އިރޫ)، އަޙްމަދު ސައީދު (ސައީދު)، އަޙްމަދު ނިމާލް (ނިމާލް)، ޢަލީ އާޒިމް (ދޮން އައްޔަ)، އަޙްމަދު އީސަ (އާނަންދު)، ގުލިސްތާނު މުޙައްމަދު ގެ އިތުރުން މުޙައްމަދު ނަވާލް އާއި އާއިޝަތު ލަހުފާ މުހައްމަދު (ލަހޫ) ހިމެނެއެވެ.
”ކޮސް ގިނަ މިސްޓޭކް“ އަކީ ޔޫއްޕެ ލިޔެ ޑައިރެކްޓްކުރާ ފިލްމެކެވެ. މޭކަޕްކުރަނީ ހަސަން އެވެ. މި ފިލްމު ރިލީޒްކުރުމަށް ނިންމާފައިވަނީ މި އަހަރުގެ ނޮވެމްބަރު މަހުގައެވެ.
”ކޮސް ގިނަ މިސްޓޭކްް“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!
fenfushi kiyaa rashen oveytha