ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ނަހުލާ އާއި ބިންމާ “ދަޅަ” ދައްކަން ތައްޔާރުވަނީ

މަޝްހޫރު ޕްރޮޑިއުސަރު/ޑައިރެކްޓަރު އަދި ހުނަރުވެރި ވާހަކަލިޔުންތެރިޔާ ފާތިމަތު ނަހުލާ، ބޮޑު ބިޔަ ޕްރޮޖެކްޓެއް އުފައްދަން އުޅެންޏާ އެކަން އަންގާލަނީ މާބޮޑު ރަސްމިއްޔާތެއް ބާއްވައިގެން ނޫނެވެ. ފޭސްބްކްގައި ވަރަށް އާދައިގެ ޕޯސްޓެއް ޖަހައިގެން ލުވި ގޮތަކަށް އެކަން އިޢުލާނުކޮށްލައެވެ. ނަމަވެސް ނަހޫ ގެނެސްދޭ ފައިނަލް ޕްރޮޑަކްޓް ވެގެންދަނީ ބެލުންތެރިން ހައިރާންކޮށްލުވާވަރުގެ ވަރުގަދަ ހިޓް ޕްރޮޖެކްޓަކަށެވެ. މިއީ ނަހޫގެ މަސައްކަތްތަކުގެ ޓްރެކް ރެކޯޑުން ފެންނާން އޮތް ހަގީގަތެވެ.

ނަހޫގެ އެފަދަ ޕޯސްޓެއް އަނެއްކާވެސް މިވަނީ ފެނިފައެވެ. ނަމަވެސް މިފަހަރުގެ ޕޯސްޓާއެކު އާއްމުކޮށްފައިވާ ފޮޓޯއިން އެކަނިވެސް އެންމެންގެ ސަމާލުކަން އެ ފޮޓޯއަށް ހުއްޓުނެވެ. ރާއްޖޭގެ އެންމެ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހީމް ވަހީދާއި ފާތުމަތު ނަހުލާ އެކުގައި ނަގާފައިވާ ފޮޓޯއާއެކު ދައްކާލީ “ދަޅަ” އެއްގެ ވާހަކައެވެ.

އާނއެކެވެ. ނަހޫގެ ކާމިޔާބު ވެބްސީރީޒް “ހުވާ” އަށްފަހު މިފަހަރު ނަހޫ އާއި ބިންމާ ގުޅިގެން ވެބް ސީރީޒެއް ގެނެސްދޭން ނިންމައިފި އެވެ. މިފަހަރުވެސް މިއީ ބައިސްކޯފަށް ހަދައިދޭ ވެބްސީރީޒެކެވެ.

“ދަޅަ” އަކީ 56 އެޕިސޯޑްގެ ސީރީޒެކެވެ. މި ސީރީޒްގެ ސްކްރިޕްޓް ލިޔަން ބިންމާއާ އެކު މިހާރު ވަނީ އެއްވަސްވުމެއް ހަދާފައެވެ. ނަހޫ ބުނީ “ދަޅަ” އަކީ ހުރިހައި ރަހައެއް ހެޔޮވަރު ސީރީޒަކަށް ވެގެންދާނެ ކަމަށެވެ.

ބިންމާ އިބްރާހިމް ވަހީދާއި ނަހޫ އެކުގައި ގެނެސްދޭ “ދަޅަ” އިން އަޅަނީ ކިހާވަރެއްގެ ދިހުންއަރާ ދަޅައެއްކަން ބަލައިލަން ތައްޔާރުވަމާ ހިނގާށެވެ. ހަމަގައިމުވެސް އާދައިގެ “ދަޅަ” އަކަށް ނުވާނެކަން ޔަގީނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top