ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
​މިހާތަނަށް އެންމެ އުނދަގޫ ފިލްމަކަށް ދިމާވީ “ސިވައްޕު މަންޖަލް ޕަޗާއީ”

ސިދާރތް އަދި ޖީވީ ޕްރަކާޝް ލީޑް ރޯލް ކުޅޭ ފިލްމް ‘ސިވައްޕު މަންޖަލް ޕަޗާއީ’ އަކީ ފިލްމުގެ ޝޮޓްތައް ނެގުމުގައި މިހާތަނަށް އެންމެ އުނދަގޫ ފިލްމް ކަމަށް ޒުވާން ސިނަމެޓޮގްރެފަރ ޕްރަސަންނަ ކުމާރް ބުނެފިއެވެ. މި ފިލްމުގެ މަންޒަރުތައް އައްޑިހަ ދުވަހުގެ ތެރޭގައި ނިމިފައި ވާއިރު މީގެ ތިން އަހަރު ކުރިން ފިލްމުގެ ސްކްރިޕްޓްތައް ނިމުނު ހިސާބުން މަސައްކަތް ފަށާފައި ވާކަމަށް ޕްރަސަންނަ ވަނީ ބުނެފައެވެ.

“ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތުން ފެށިގެން ފިލްމުގެ މަސައްކަތް ފަށައިފިން. އިމޯޝަނަލީ އަހަރެން އެ ފިލްމާ ވަރަށް ބޮޑަށް ގުޅިގެން ދިޔަ. ޓެކްނީޝަނެއްގެ ހައިސިއްޔަތުން ވަރަށް ރަނގަޅު ތަޖުރިބާއެއް އެއީ. އަދި މި ފިލްމަކީ މިހާތަނަށް މަސައްކަތް ކުރެވުނު އެންމެ އުނދަގޫ ފިލްމް.” ޒުވާން ކެމެރާމަން ބުންޏެވެ.

ފިލްމުގެ ބައެއް މަންޒަރުތަކާމެދު ވާހަކަ ދައްކަމުން ޕްރަސަންނަ ބުނެފައިވަނީ ފިލްމުގެ ރޯޑް ބްލޮކް ސީނެއްގައި ޖީވީ ޕްރަކާޝްގެ ކެރެކްޓަރ ވަރަށް ހަނި ވިކަމަށާއި އެ މަންޒަރު ނެގުމުގައި އުނދަގޫ ތަކެއް ކުރިމަތިވި ކަމަށެވެ.

މި ފިލްމުގެ ފަހު މަންޒަރުތައް އެޑިޓްކޮށް ތައްޔާރު ކޮށްފައި ވަނީ ކެމެރާމަން ޕްރަސަންނަގެ އިތުރުން އޭނާގެ އެސިސްޓެންޓެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top