ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މިލިއަން ޕްލޭޒް ލިބުނު ފުރަތަމަ ދިވެހި ލަވަ “ވާނަން އުމުރަށް”

ސައުންޑްކްލައުޑް ގައި މިލިއަން ޕްލޭޒް ލިބުނު ފުރަތަމަ ދިވެހި ލަވައަކަށް، ރާއްޖޭގެ އެންމެ ބޮޑު މިއުޒިކް ލޭބަލް ސިމްބޮލިކް ރިކޯޑްސްގެ ”ވާނަން އުމުރަށް” ވެއްޖެއެވެ.

ނިމިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ސިމްބޮލިކް ރިކޯޑްސް އިން ބުނީ، 2018 ވަނަ އަހަރު އެ ޕްރޮޑަކްޝަނުން ނެރުނު ވާނަން އުމުރަށް ލަވަޔަށް ސައުންޑް ކްލައުޑްގައި މިލިއަން ޕްލޭޒް ލިބިފައިވާ ކަމަށެވެ.

މިކަން އެނައުންސް ކުރުމަށް ސިމްބޮލިކް ރިކޯޑްސް ކޮށްފައިވާ ޓްވީޓްގައި އިތުރަށް ބުނީ ފުރަތަމަ ދިވެހި ރިކޯޑް ލޭބަލް އަކަށް އެންމެ ގިނަ ވިއުޒް ސައުންޑް ކްލައުޑުން ލިބިފައިވަނީ ވެސް ސިމްބޮލިކް އަށް ކަމަށެވެ. އެއީ ދިހަމިލިއަން ވިއުޒްއެެވެ. އެލަވަޔަށް ޔޫޓީއުބް ގައި ދެލައްކަ އަށް ވުރެ ގިނަ ވިއުސް ވަނީ ލިބިފައެވެ.

”ވާނަން އުމުރަށް” ކިޔާފައިވަނީ ޓޯއި އާއި ޒިޔާ އެވެ. މި ލަވައިގައި ދައްކުވައިދެނީ ލޯބިވެގެން އުޅޭ ދެ ބައެއްގެ ދޭތެރަށް އިތުރު މީހަކު ވަދެ އަންހެން ކުއްޖާގެ ލޯބި ހޯދަން ކުރާ މަސައްކަަތެވެ.

”ވާނަން އުމުރަށް” ލަވައަށް ބޮޑު ތަރުޙީބެއް ލިބެމުން އަންނައިރު މި ލަވައިން ބުނެދެނީ ލޯތްބަކީ ގަދަބާރުން ކަންކަން ގޮށްގެން ހާސިލުވާނެ އެއްޗެއް ނޫންކަމެވެ.

ލަވަ ފެންވަރު ރަނގަޅު މޮޅު ވީޑިއޯއަކަށްވީ ލަވައިގައި ބޭނުންކޮށްފައިވާ ވިޒުއަލް އިފެކްޓްސްގެ މޮޅުކަމުންނެވެ. ލަވައިގެ ވަކި ހިސާބަކުން ގަން-ފޮނަދޫ ލިންކް ރޯޑުތެރެއިން ދުއްވާފައިވާ ކާރެއްގެ ކުރިމައްޗަށް އެހެން ވެހިކަލް އެއް ހުރަސްކޮށްލުމުން އެ ކާރު ވެހިކަލްގައި ޖެހި ބުރައިގެންދާ މަންޒަރު ފެނިފައި ދިވެހި އާޓިސްޓުންނަކީ ކޮލިޓީ ބައެކޭ ހިތަށް އަރާނެކަން ޔަޤީނެވެ. މީގެ އިތުރުން އެކްސިޑެންޓަށްފަހު، ދެ ގްރޫޕް ދެމެދުގައި ހިނގާ ނުރައްކާތެރި މާރާމާރީގެ މަންޒަރުތައް ކުޅެފައިވާލެއްވެސް އެހާމެ ފުރިހަމަ އެވެ.

ފުރަތަމަ ދިވެހި ސޯލޯ ހިޕްހޮޕް އަލްބަމެއް ނެރެފައިވަނީ ސިމްބޮލިކް އިންކަން ފާހަގަކޮށްލެވެއެވެ. “މާރޯކާ” ގެ ނަމުގައި 2018 ވަނަ އަހަރު އޮގަސްޓު މަހު ނެރުނު އެ އަލްބަމަކީ، ލޯތްބާއި، ބިރުވެރިކަމާއި، ސިޔާސީ ކަންކަމާއި، އިޖުތިމާއީ މައްސަލަތައް ފަދަ އެކި މައުޟޫޢުތަކަށް ތައްޔާރުކޮށްފައިވާ އަލްބަމެކެވެ.

ސިމްބޮލިކްސް އިން އެންމެ ފަހުން ނެރެފައިވަނީ ޕެސްޓު އާއި ޖަހުލު ކިޔާފައިވާ ”ނުވޭބާ” ލަވައެވެ. ދިވެހި ހިޕްހޮޕް ނުވަތަ ރެޕްލަވަ އުފެއްދުމުގައި އުޅޭ ރެކޯޑް ލޭބަލް އަކީ ސިމްބޮލިކް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top