ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ވިހެއުމުގެ ތަދަށް ބިރު ގަންނަ މީހުންނަށް އުފާވެރި ޚަބަރެއް

ވިހެއުމުގެ ތަދަށް ބިރުން އުޅޭ މީހުންނަށް އޭޑީކޭއިން އުފާވެރި ކަން ގެނެސްދީފިއެވެ. އޭޑީކޭގައި ތަދު ނުވާގޮތަށް ވިއްސަން ފެށުމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އޭޑިކޭގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އައްފާލް ވިދާޅުވީ، އެ ހޮސްޕިޓަލްގައި ތަދާ ނުލާ ވިއްސުމުގެ ޚިދުމަތް ދެމުން އަންނަތާ އަށް ވަރަކަށް މަސް ވެދާނެ ކަމަށާއި، އާއްމުންގެ ފަރާތުން ބޮޑު ތަރުހީބެއްވެސް އެކަމުގައި ލިބެމުން އަންނަ ކަމަށެވެ.

އައްފާލް ވިދާޅުވީ، ތަދާ ނުލާ ވިއްސުމަކީ ބައެއް މާބަނޑު އަންހެނުން ބޭނުންވާ ކަމެއް ކަމަށާއި، އެ ހިދުމަތް ހޯދުމަށް ވިހެއުމާއި ހަމައަށް އެ ހޮސްޕިޓަލްގެ ޑޮކްޓަރުންނަށް ދައްކާ، އެކަން ކުރެވޭނެ މަގު ހޯދި ކަމަށެވެ.

އައްފާލް ފާހަގަކުރެއްވިގޮތުގައި، ތަދު ނުލާ ވިއްސަން ބޭނުންވާ މާބަނޑު އަންހެނުންނަށް ހާއްސަ ޓީމެއް އެ ހޮސްޕިޓަލްގައި މަސައްކަތް ކުރާނެއެވެ. އެ ޓީމްގައި ގައިނީ ޑޮކްޓަރުންނާއި، ހޭނައްތާ ޑޮކްޓަރުން ހިމެނޭނެއެވެ.

މިކަން މިހެން އޮތްނަމަވެސް ބައެއް މީހުން ބުނަނީ އެ މީހުން ވިހަން ބޭނުންވަނީ ވިހެއުމުގެ ތަދާއި އެކުގައި ކަމަށެވެ. ނަމަވެސް ތަދާ ނުލާ ވިހަން ބޭނުންވާ މީހުން މަދެއް ނޫނެވެ. ވިހެއުމުގެ ތަދަށް ބިރުން އުޅޭމީހުނަށްވެސް މިއީ ވަރަށް އުފާވެރި ޚަބަރަކަށް ވެގެންދާނެކަން ޔަގީނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top