ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެއާޕޯޓް އޭޕްރަން މަތީގައި ކާބޯތަކެތީގެ ގާޑިޔަލެއް ކޮންޓްރޯލުން ނެއްޓުން – ވީޑިއޯ

އެމެރިކާގެ ޗިކާގޯ އޯހެއޯ އެއާޕޯޓް އޭޕްރަން މަތީގައި މަތިންދާބޯޓަށް ކާބޯތަކެތި އުފުލަން ބޭނުންކުރާ ގާޑިޔަލެއް ކޮންޓްރޯލުން ނައްޓައި، އޭޕްރަންގައި އޮތް މަތިންދާ ބޯޓެއް ކައިރީގައި އެތައް އިރެއްވާންދެން އެއްވެސް ކޮންޓްރޯލެއް ނެތި ބުރުތަކެއް ޖަހަމުންދާތަން ފެންނަ ވީޑިއޯއަކީ މީގެ ފަސްވަރަކަށް ދުވަސްކުރިން ވައިރަލްވެފައިވާ ވީޑިއޯއެކެވެ.

ބޭރުގެ ނޫސްތަކާއި ޓީވީތަކުގެ ސަމާލުކަންވެސް މި ވީޑިއޯ ލިބިގެންދިޔައީ މަތިންދާބޯޓުގައި ޖެހިނުޖެހި އުޅެނިކޮށް، ވަރަށް ހުޝިޔާރުކަމާއެކު އެހެން ވެހިކަލްއެއްގައި މީހަކުގޮސް، ކޮންޓްރޯލުން ނައްޓާފައިވާ ވެހިކަލް (ގާޑިޔާ) މައިތިރިކުރި ކުޅަދާނަ އުކުޅުގެ ސަބަބުންކަމަށް ބޭރުގެ ބައެއް ނޫސްތަކުން ބުނެއެވެ.

ކޮންޓްރޯލުން ނެއްޓި ގާޑިޔަލަކީ އެއްވެސް މީހަކު ނާރާ ދުއްވާގޮތަށް ހަދާފައިވާ އެލެކްޓިކް ގާޑިޔަލެކެވެ. އެމެރިކަން އެއާލައިންސްގެ މި ގާޑިޔާ ކޮންޓްރޯލުން ނެއްޓީ އޭގެ އެކްސެލެރޭޓަރު ތާށިވެގެން ކަމަށް އެ އެއާލައިނުން ބުނެއެވެ.

“އަހަރެމެންގެ ޓީމުގެ މެންބަރެއް ނެގި އަވަސް ފިޔަވަޅާމެދު އަހަރެމެން ޝުކުރުވެރިވަން.” އެމެރިކަން އެއާލައިނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. އެމެރިކަން އެއާލައިންސް އިން މި ހާދިސާ ތަޙްޤީޤް ކުރަމުން އަންނަކަމަށް ބުނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top