އުމުރުން 24 އަހަރުގެ ރުތުޖާ އަށް އޭނާގެ ބަރުދަން އާދަޔާ ޚިލާފަށް ބަރުވެ ކަންބޮޑުވާން ފެށުމުން، ބަރުދަން ލުއި ކުރުމަށްޓަކައި މަސައްކަތް ފެށިއެވެ. ދުވަހުން ދުވަހަށް ޖިމަށް ދިއުމުގެ ބަދަލުގައި ރުތުޖާ ޚިޔާރުކުރީ ގޭގައި ކަސްރަތު ޕްރޮގްރާމެއް އަމިއްލައަށް ކުރިއަށް ގެންދިއުމަށެވެ. މިގޮތުން މި ލިޔުމުގައި ރުތުޖާގެ ބަރުދަން ލުއިކުރުމަށް ކުރި ދަތުރު ޕްރޮގްރާމް ގެނެސް ދެވޭތޯ މަސައްކަތް ކުރާނަމެވެ.

ނަން: ރުތުޖާ ކުލްކަރްނީ
އުމުރު: 24 އަހަރު
އިސްކޮޅު: 5 ފޫޓް 3 އިންޗް
އެންމެ ބަރުވި ބަރުދަން: 73 ކިލޯގްރާމް
ލުއިވި ބަރުދަން: 15 ކިލޯގްރާމް
މިހާރުގެ ބަރުދަން: 58 ކިލޯގްރާމް
ހޭދަވި މުއްދަތު: 1 އަހަރު

ބަދަލު އަންނަން ފެށުން: ގޭގައި ޕްރޮގްރާމް ކުރިއަށް ގެންދަން ފެށިފަހުން މަޑުމަޑުން ބަރުދަން ލުއި ވާކަން އިހުސާސް ވެއެވެ. ފޮޓޯއިން އެ ފެންނަނީ ޕްރޮގްރާމް ފެށުމުގެ ކުރި ނަގާފައިވާ ފޮޓޮއެކެވެ. އެންމެ ފުރަތަމަ ޖިމަކާ ގުޅިގެން މަސައްކަތް ކުރީ. ނަވަވެސް ހިތްހަމަ ޖެހޭ ނަތީޖާ ތަކެއް ނުނިކުންނާތީ، އިންޓަނެޓް ސަރޗް ކޮށްގެން ކަސްރަތު ޕްރޮގްރާމެއް ހޯދީ. ޔޫޓިއުބުން ފެނުނު ޒުންބާ ވީޑިއޯއަކީ އަހަންނަށް ވަރަށް ކަމުދިޔަ ވީޑިއޯއެއް. އަދި އެވީޑިއޯ ބަލައިގެން ކޮންމެ ދުވަހަކު ކަސްރަތު ކުރަމުން ގެންދިޔައީ.

ހެނދުނުގެ ނާސްތާ: އަހަރެން ދުވަސް ފަށުމުގެ ގޮތުން ތާފަނާ ފެންތައްޓަކަށް ލުނބޯ ފަޅިއެއް ފިތާލައިގެން އެ ތަށި ބޯލައިގެން. ދެން ކެއުމަށް ބޭނުންކުރަނީ ކިރު ތައްޓެއް ނުވަތަ ކަޅު ސައި ތައްޓަކާއެކު ސޯކް އަލްމިންޑް. އެއަށްފަހު ހެނދުނު ގާތްގަނޑަކަށް ނުވައެއް ޖަހާކަންހާއިރު ތަރުކާރީ އާއި ރޮށި ކަނީ.

މެންދުރުގެ ކެއުން: މެންދުރު ކެއުމަށް އަހަރެން ބޭނުންކުރަނީ ދެ ރޮށްޓާއި ތަރުކާރީ.

ކަސްރަތުގެ ކުރިން ބޭނުންކުރާ ކެއުން: ކަސްރަތު ކުރަން ފެށުމުގެ ކުރިން ދޮންކެޔޮ ވަކެއް ނުވަތަ ޕަފް ރައިސް ބޭނުންކުރަނީ.

ކަސްރަތުގެ ފަހުން ބޭނުންކުރާ ކެއުން: ކަސްރަތު ކޮށް ނިންމާލުމަށްފަހު ހަމައެކަނި ފެން ބޭނުންކުރަނީ.

ރޭގަނޑުގެ ކެއުން: ރޭގަނޑު ކެއުމުގަ ބޭނުންކުރަނީ ތަރުކާރީ އަޅައިގެން މުގުރިހަ އާއި ބަތް ތައްޓެއް.

އެންމެ ކާ ހިތްވާ ކެއުން: އަހަރެން އަބަދުވެސް އެންމެ ކާ ހިތް ވަނީ ކުކުޅު ބިރިޔާނި އަދި ޗައިނީސް ކުޒީން.

ކަސްރަތު ޕްރޮގުރާމް: ކަސްރަތު ޕްރޮގުރާމްގައި ޖުމްލަ 45 މިނެޓް ހޭދަ ކުރަން. އޭގެ ތެރޭގައި ޒުންބާ އަދި 30 މިނެޓް ސްކިޕް ކުރުން ހިމެނޭ. އަހަރެން ވޯކްއައުޓް ކުރަނީ ގޭގައި. އެއްވެސް ޖިމަކަށް ނުދަން.

އަބަދުވެސް ބޭނުންކުރާ ލޯ ކެލޮރީ ރެސިޕީ: އަހަންނަކީ ކެރެޓާއި ބީޓްރޫޓް ގެ ވަރަށް ބޮޑު ފޭނެއް.

ފިޓްނަސްއިން ކުރިއަރާ ސިއްރު: އަހަރެން ދެކޭ ގޮތުގައި ފިޓްނަސް ކުރިއެރުވުމުގަ އެންމެ ބޮޑަށް މަސައްކަތް ކުރަން ޖެހޭ ކަމަކީ ސެލްފް ކޮންޓްރޯލު ކުރުމަށް.

މޯޓިވޭޓް ކޮށް ހުންނަ ސަބަބަކީ ކޮބާ؟ އަހަންނަކީ އަބަދުވެސް އެކްސަސައިޒް ކުރުމަށް ލޯބިކުރާ މީހެއް. ދުވަހުގެ ކަސްރަތު ކުރުމަށް އަބަދުވެސް ސަމާލުކަން ބަހައްޓަން. ހަށިގަނޑަށް އަންނަން ފެށި ބަދަލާއެކު ރައްޓެހިންނާ އާއިލާގެ ފަރާތުން ލިބެމުންދާ ބަސްތަކުގެ ސަބަބުން މޯޓިވޭޝަން ވަރަށް ބޮޑަށް އިތުރުވޭ.

ސަމާލުކަން ދެވޭކަން ޔަގީންކުރަނީ ކިހިނެއް؟ ބަރުދަން ލުއިވަމުން އައި މަރުހަލާގައި ވަރަށް ބޮޑަށް ސަމާލުކަން ދެވޭ. އަދި ބަރުދަން ލުއިވަމުން އަންނަ ތަން ފެނުން އެއީ ސަމާލުކަން ދެވޭ ސަބަބެއް. އަދި މީގެ އިތުރުން ތަފާތު ވީޑިއޯތައް ބެލުމާއި ހަށިގަނޑަށް އަންނަ ބަދަލުތައް ފޮޓޯ ނަގައިގެން ބެލުން ވީ އެކަމަށް އިތުރު ސަމާލުކަމެއް ދެވި އިތުރަށް މޯޓިވޭޓްވި ކަމަކަށް.

ބަރުދަން އިތުރުވުމުން އެންމެ އުނދަގޫވީ ކޮން ކަމަކަށް؟ ބަރުދަން އިތުރު ވީމަ ވަރަށް އުނދަގޫ. އެކިކަހަލަ ސިއްޙީ މައްސަލަތައްވެސް ދިމާވި ގޭސްވުމާއި އަވަހަށް ވަރުބަލިވުން މީގެ ތެރޭގައި ހިމެނޭ.

މިހާރުގެ ހަށިގަނޑުގެ ބައްޓަމާމެދު ކީކޭ ބުނަނީ: މިހާރު ރީތި ބައްޓަމުގެ ފިޓް ހަށިގަނޑެއް ބައްޓަން ކުރެވިއްޖެ. ވަރަށް އުފާވޭ އެކަމަށްޓަކައި.

ދިރިއުޅުމުގެ ކަންކަމަށް ކޮންހަކަލަ ބަދަލުތަކެއް ގެނައީ: ފޮނި އަދި ޖަންކް ފުޑް މުޅިން ހުއްޓާލައިފިން. އަދި އަބަދުވެސް ގިނައިން ފެން ބުއިމާއި ރަނގަޅަށް ނިދަން އަބަދުވެސް ސަމާލުކަން ދެން.

ބަރުދަން ލުއިކުރުމަށް ތި ކުރި ދަތުރުން ދަސްވީ ކޮންކަމެއް؟ ބަރުދަން ލުއިކުރުމަށް ހޭދަވި މުއްދަތުގެ ތެރޭގައި ވަރަށް ގިނަ ކަންކަން ދަސްވި. ވަގުތުން ވަގުތަށް ކަންކަން ކުރުމާއި، ހިތްވަރުކުރުމާއި ކެތްތެރިކަން ވަރަށް ބޮޑަށް ދަސްވި. އަދި އަހަރެންގެ މި ބަދަލަށް ވުރެ އަމިއްލަ ނަފްސު ދެކެ ލޯބިވާން ވަރަށް ބޮޑަށް ދަސްވި.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ޝައިލާ
ފިލްމީ ޚަބަރު ލިޔުމަކީ ޝައިލާގެ ޚާއްޞަ ހުނަރެކެވެ. ބޮލީވުޑްގެ ޚަބަރުތައް ލިޔުމަކީ ޝައިލާގެ ޚާއްޞަ ދާއިރާއެވެ.