ވަރަށްވެސް ބޮޑު ތެދެކެވެ. ‘ތަޤްދީރު ގެ ޤަލަމުން’ ނުވަތަ ތަޤްދީރުގެ ނިޔާއަށް އެއްވެސް މީހަކަށް ރެކެވޭނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެ އެވެ. މަރުގެ ވަގުތު އައިސް ޖެހުމުން ނޫނެކޭ ބުނެ މަރަށް ފުރަގަސް ދެވޭކަށް ނޯވެއެވެ. ޙާދިޘާ އެއް ކުރިމަތިވުމުން އެ ކަމުން ރެކެވޭކަށް ނޯވެއެވެ. މާތް ﷲ ކަމަކަށް އިރާދަ ކުރެއްވުމުން އެކަމެއް އެއްވެސް ބަދަލުވުމެއް ނެތި، އެ ކަލާންގެ އިރާދަކުރެއްވި ގޮތަކަށް ވެގެން ދެއެވެ.
އެކެއް އޯގަސްޓް އޮނަވިހި ސަތޭކަ އަށްޑިހަ ވަނަ އަހަރު ބޮލީވުޑް ގައި އުފައްދާފައިވާ ފިލްމު ތަކުގެ ތެރެއިން ފިލްމު ‘ބޭރެހެމް’ އަށް މުޙައްމަދު ރަފީޢު ކިޔައިދީފައިވާ މި ޢިބްރަތްތެރި ލަވައިގެ ޅެންވެރިޔަކީ ވަރްމާ މަލިކް އެވެ. ފިލްމުގައި ހަރަކާތްތެރިވެފައި ވަނީ ބްރަހްމް ބަރްދުވަޖް، އުރްމިލާ ބަޓް، މޯޝްމީ ޗެތުރީ، ހެލެން އަދި ސަންޖީވް ކުމާރް އެވެ.
މި ލަވައިގެ ދިވެހި މާނަ ހިމަނައިގެން ވީޑިއޯ ސަބްޓައިޓްލް ކޮށް މި ގެނެސްދެނީ އަޅުގަނޑާއި އެކުގައި އެއް ކުލާހުގައި ކިޔަވަން އުޅުނު ދުވަސްވަރު ކުއްލި ގޮތަކަށް އަޅުގަނޑުމެންނާއި ވަކިވެގެން ދިޔަ އަޙްމަދު ސިނާނު ގެ ހަނދާނުގައެވެ. މަރުހޫމް ގެ ފުރާނަޔަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި