ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“އަނދިރިކަން” ރިލީޒްކުރުން ކެންސަލްކޮށްފި

މިމަހު 22 ގައި ރިލީޒްކުރުމަށް ޓިކެޓްވެސް ވިއްކަން ފަށާފައިވާ، ސީޒަން އާއި މާސްކޭގެ ފިލްމު ”އަނދިރިކަން” އެ ތާރީޚުގައި އެޅުވެން ނެތްކަމަށް މިއަދު ހަވީރު ސީޒަން ބުނެފިއެވެ.

ފިލްމުގެ ޑައިރެކްޓަރ އަދި ލީޑް އެކްޓަރ ސީޒަން މުނިއަވަސް އަށް ބުނީ ފިލްމުމުގެ ޕްރޮޖެކްޓް ފައިލަށް ދިމާވި މައްސަލައަކާއި ގުޅިގެން ކުރިން ކަނޑައަޅާފައިވާ ތާރީޚުގައި ފިލްމު ނުއެޅުވޭނެ ކަމަށެވެ. ނަމަވެސް މައްސަލަ ހައްލުކުރެވުމާއެކު ފިލްމު ރިލީޒްކުރާނެ އާ ތާރީޚެއް ފަހުން އިޢުލާނުކުރާނެ ކަމަށްވެސް ސީޒަން ބުންޏެވެ.

އަނދިރިކަން“ ފިލްމު ލީޑް ރޯލުން ފެނިގެން ދާނީ ސީޒަން އާއި އައިމިނަތު ރިޝްފާގެ އިތުރުން ޝީލާ ނަޖީބެވެ. އިތުރު ކާސްޓުންގެ ތެރޭގައި ޒީނަތު އައްބާސް، އަހުމަދު ސައީދު، މަރިޔަމް ޝަކީލާ އަދި މުހައްމަދު ރަޝީދު (ދަރާބެ) ހިމެނެ އެވެ.

އަނދިރިކަން“ ފިލްމުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top