ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ނިއުމާގެ “ސެލެބްރޭޓިން ޓްވެންޓީ ފައިވް” ބުރާސްފަތި ދުވަހުގެރޭ

މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދުގެ ފިލްމީ ކެރިއަރަށް 25 އަހަރު ފުރުން ފާހަގަކުރުމަށް، ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ވެސް ބައިވެރިވެލައްވާ ވަރަށް ޚާއްޞަ ހަފުލާއެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަކަމަށް ނިޢުމާ ބުނެފިއެވެ.

“ސެލެބްރޭޓިން 25” ގެ ނަމުގައި ބާއްވާ މި ޚާއްޞަ ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17ވަނަ ދުވަހުގެ ރޭ ހޮޓެލް ޖެން ގައެވެ. މި ހަފުލާއަށް ފިލްމީ ދާއިރާގެ ބޭފުޅުންނާއި ސަރުކާރުގެ ބައެއް ޢިއްޒަތްތެރީންނާއި ގިނަ އަދަދެއްގެ ނޫސްވެރިންނަށް ދައުވަތު ދިނުމަށް ހަމަޖެހިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

މުނިއަވަސް އަށް ނިޢުމާ ބުނީ “ސެލެބްރޭޓިން 25” ގެ އިވެންޓްގައި ތިން ‘ސަޕްރައިޒް’ އެއް އޮންނާނެ ކަމަށެވެ. ސަޕްރައިޒަކަށް ވާތީ އިތުރު ތަފްޞީލެއް ހިއްސާއެއް ނުކުރެއެވެ. ނަމަވެސް ނިޢުމާ ޕްރޮޑިއުސްކުރާ އާ ފިލްމެއް އިޢުލާނުކުރުމަކީ ވަރަށް ބޮޑަށް އެކަށީގެނވާ ކަމެކެވެ.

މީގެ ކުރިން “ސެލެބްރޭޓިން 20” ގެ ނަމުގައި ބޭއްވި އިވެންޓުގައި ނިއުމާގެ ލަވަތައް ހިމެނޭ ޚާއްޞަ ވީސީޑީއެއް ރިލީޒްކުރިއެވެ. މީގެ އިތުރުން، ނިޢުމާގެ އެންމެ ފަހު ފިލްމު “ނިވައިރޯޅި” ގެ ލޯންޗިން އެއް ބޭއްވިއެވެ. ނިޢުމާގެ ބަޔޮގްރަފީ ފިލްމެއް ތައްޔާރުކުރުމަށް މަސައްކަތްކުރާ ކަމަުގެ މަޢުލުމާތު ހިއްސާކުރިއެވެ. އެ ހަފުލާގައި ނިއުމާ ބުނީ ”މައި ސްޓޯރީ“ގެ ނަމުގައި ހަދާ ބަޔޮގްރަފީގައި އޭނާގެ ފިލްމީ ކެރިއަރާއި އަމިއްލަ ޒާތީ ދިރިއުޅުމާ ބެހޭ ގޮތުން ނޭނގޭ ވަރަށް ގިނަ ވާހަކަތައް އާންމުންނާ ހަމައަށް ތިލަކުރާނެ ކަމަށެވެ.

ގިނަ ބައެއްގެ މަޤްބޫލުކަން ހޯދި ސިލްސިލާ ޑްރާމާއަކުން ކެރިއަރުފެށި ނިޢުމާ އަކީ “ފަތިސްހަނދުވަރު”، “ޔޫސުފް”، “ކަލާޔާ ނުލާ” އަދި “ނޯޓީ 40” ފަދަ ކާމިޔާބު އެތައް ފިލްމަކާއި ޑްރާމާތަކާއި އެތައް ވީޑިއޯ ލަވައެއް ކުޅެފައިވާ ތަރިއެކެވެ.

އެންމެ ފަހުން ބޮޑު ސްކްރީނުން ނިޢުމާ ފެނުނީ ނިޢުމާ ޕްރޮޑިއުސްކޮށް، މޫމިން ފުއާދު ޑައިރެކްޝަން ހެދި ސަސްޕެންސް ފިލްމު “ނިވައިރޯޅި” އިންނެވެ.

ނިއުމާ ފިލްމީ ދާއިރާ އަށް ނިކުތީ 1994 ގައި ޓެލެވިޛަން މޯލްޑިވްސް އިން ދެއްކި ސިލްސިލާ ފިލްމު “ހިތި ތަޖުރިބާ”އިން ނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
ލޯބިވަމެވެ.6 އަހަރު ކުރިން

ހާދަ ލޯބި ފޮޓޯއެކޭ. ތީ ހިތްވަރުގަދަ ނަމޫނާ ކަނބަލެއް. ކީޕްއިޓް އަޕް މަ ލޭޑީ

ފާތުން6 އަހަރު ކުރިން

❤️❤️❤️❤️❤️❤️

ފާތުން6 އަހަރު ކުރިން

ދެރަވޭ ދެން ނުފެންނާފީ އެކަމަކު ތި ނަން ފަނޑުވެގެން ނުދާނެ ❤️

އަހުމަދު6 އަހަރު ކުރިން

ސާބަހޭ ނިއުމާ ❤️❤️.. ތި ވަރެއް ނެތް

Home
Menu
Search
Back to top