ސެލެބްރިޓީއަކު ހޮސްޕިޓަލުން ފެނުމުން އެކަނ.ް ބޮޑު ޚަބަރަކަށް ހަދައިގެން ނޫސްތަކުގައި ޖެހުމަކީ ވަރަށް އާއްމު ކަމެކެވެ. ވަކިން ޚާއްޞަކޮށް ބޮލީވުޑްގައި މިއީ ނިކަން އާއްމުކޮށް ހިނގާ ކަމެކެވެ. އެގޮތުން އަމީތާބު ބައްޗަން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތް ޚަބަރަކީ އިއްޔެއާއި މިއަދުވެސް އެންމެ ބާރަށް ފެތުރެމުންދާ އެއް ޚަބަރެވެ. ނަމަވެސް އަމީތާބު އެޑްމިޓް ނުކުރާކަމަށާއި ހޮސްޕިޓަލަށް ދިޔައީ ޑޮކްޓަރަށް ދައްކަން ކަމަށް އަމީތާބުގެ އާއިލީ މެންބަރަކާ ހަވާލާދީ ބޮލީވުޑްގެ އޮންލައިން ނޫހަކުން ބުނެފިއެވެ.

އަމީތާބު ބައްޗަން ހޮސްޕިޓަލުގައި އެޑްމިޓްކުރެވުނު އަދަދާމެދު، އެއީ ދޮގެއް ވިޔަސް އަދި ތެދެއްވިޔަސް، ނޫސްތަކުގައި ލިޔެފައިވާލެއް ގިނަކަމުން އެފަދަ ޚަބަރުތަކުން ލޮގުފޮތެއް ފުރާލެވޭނެ ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެއެވެ. އަމީތާބެ ލިވަރ މައްސަލައެއްގައި ފަރުވާ ހޯދަމުން އަންނަކަމަށް ބުނެފައިވާ ބުނުންވެސް ދޮގުކޮށްފައިވެއެވެ.

“އަމީތާބުގެ ހާލު ރަނގަޅު، ރޫޓިން ޗެކްޕަކަށް ހޮސްޕިޓަލަށް ދިޔައީ، ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ނެތް.” ވަރަށް އަވަހަށް ގެއަށް އަންނާނެ ކަމަށް ބުނަމުން އަމީތާބުގެ އާއިލީ މެންބަރު ބުންޏެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
މުނިއަވަސް ގެ ފައުންޑަރ އަދި އެޑިޓަރ