ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޖޯންގެ “ޕާގަލްޕަންތީ” އަންނަ މަހު

ޖޯން އަބްރަހަމް ގެ ކުރިއަށް އޮތް ފިލްމް “ޕާގަލްޕަންތީ” އަންނަ ނޮވެމްބަރު މަހު 22ގައި ސިނަމާގައި އަޅުވަން ތައްޔާރުވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. ކޮމެޑީ ފިލްމެއްކަމަށްވާ މިފިލްމް ޕްރޮޑިއުސްކޮށްފައިވަނީ ކޮމެޑީ ފިލްމް ޕްރޮޑިއުކުރުމަށް ކުޅަދާނަ ޕްރޮޑިއުސަރެއް ކަމުގައިވާ އަނީސް ބަޒްމީއެވެ.

މިފިލްމްގެ އާ ތިން ޕޯސްޓަރު މިއަދު ޖޯންވަނީ އޭނާގެ ޓްވިޓާގައި އާއްމުކޮށްފައެވެ. ފިލްމްގައި ޖޯންގެ އިތުރުން ދެންފެނިގެން ދާނެ ތަރިންގެ ތެރޭގައި އަނިލް ކަޕޫރް، އަރްޝަދު ވަރްޝީ އަދި އިލިއާނާ ޑިސޫޒާ ހިމެނެއެވެ.

މަޖާ ފިލްމް “ހައުސްފުލް 4” ކަށް ފަހު މާދިގު އިންތިޒާރެއްނެތި މިފިލްމް ސިނަމާތަކަށް އަންނާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

ޖޯން އަބްރަހަމްގެ ފޭނުންނަށް އުފާވެރި ޚަބަރަކަށް ވާނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top