ޑާކްރެއިން އެންޓަޓެއިންމެންޓުން ތައްޔާރުކޮށްފައިވާ ބިރުވެރި ސަސްޕެންސް ތުރިލާ ފިލްމު “އުއްމީދު” ވެސް ބައިސްކޯފުން ދައްކަން ފަށައިފި އެވެ.
ކުރު ފިލްމެއްގެ ގޮތުގައި 2008 ވަނަ އަހަރު ނެރެފައިވާ “އުއްމީދު”ގެ ތަރިންގެ ތެރޭގައި މުހައްމަދު މަނިކް، ޝީލާ ނަޖީބް، އަހުމަދު އާސިމް، އިބްރާހީމް ޖިހާދު (ޖިމީ) ގެ އިތުރުން ހަމްދާން ފާރޫޤު ވެސް ހަރަކާތްތެރިވެއެވެ.
“އުއްމީދު” ނަމަކަށް ކިޔާ ބޯޓެއްގެ ތެރޭގައި ހަތަރު އެކުވެރިން އުޅޭއިރު، ކުރިމަތިވާ ބިރުވެރި ކަންތައްތަކެއް މި ފިލްމުން ފެނިގެންދެއެވެ.
ފިލްމުގެ ވާހަކަ ލިޔެ، ޑައިރެކްޓްކުރީ ޑާކްރެއިންގެ ހުނަރުވެރި ޑައިރެކްޓަރ ޢަލީ ޝިފާޢު (ޗިއްޕެ) އެވެ. ފިލްމު ކެމެރާކުރީ މޫމިން ފުޢާދު އެވެ. ޕްރޮޑިއުސަރަކީ މުޙައްމަދު ޢަލީ (މޮގާ) އެވެ.
ކުރު ފިލްމު “އުއްމީދު” އަކީ މީގެ ކުރިން ޓީވީ ޗެނަލަކުންވެސް ދައްކާފައިވާ ފިލްމެކެވެ.

ކުރު ފިލްމު “އުއްމީދު”ގެ ކަވަރ – ފޮޓޯ: ޑާކްރެއިން އެންޓަޓެއިންމެންޓް
ރާއްޖޭގައި ހަމަ އެކަނި އޮތް ވީޑިއޯ ސްޓްރީމިން އެޕް މެދުވެރިކޮށް ދިވެހި ފަންނުވެރީންގެ އުފެއްދުންތައް އާއްމުންނާއި ހަމައަށް ގެނެސްދިނުމަށްޓަކައި ގިނަ އުފެއްދުންތަކެއް ބައިސްކޯފުން ރިލީޒްކުރަމުންދެއެވެ. އެގޮތުން މިމަހު ވެސް ދެ ފީޗާ ފިލްމު ރިލީޒްކޮށްފައިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!