ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ނުވަ ވަނަ ދިވެހި ފިލްމު އެވޯޑްސް ފަނަރަ ނޮވެމްބަރުގައި

“ދިވެހި ފިލްމު އެވޯޑްސް 9″ގެ ފިލްމުތަކަށް ވަނަ ދިނުމަށްޓަކައި ހަތް ފަނޑިޔާރުންގެ ޖޫރީއަކުން ފިލްމުތައް ޖަޖުކުރުމަށް ބަލަމުންދާއިރު، ފިލްމު އެވޯޑް ބާއްވަން ކަނޑައެޅިފައިވާ ތާރީޚް އެއް ދުވަހަށް ފަސްކޮށްފައި ވާކަމަށް މަޢުލޫމާތު ލިބިއްޖެ އެވެ. މިހާރު ހަމަޖެހިފައި ވާގޮތުން އެވޯޑް ހަފުލާ ބާއްވާނީ 15 ނޮވެމްބަރުގައެވެ.

“ދިވެހި ފިލްމު އެވޯޑްސް 9” އަކަށް ޖުމްލަ 12 ފީޗާ ފިލްމާއި،ކުރު ފިލްމެއް ހުށަހަޅާފައިވެއެވެ. މިފަހަރުގެ ފިލްމު އެވޯޑްސްގައި ބައިވެރިކޮށްފައިވަނީ 2017 އާއި 2018 ވަނަ އަހަރު ރިލީޒްކުރި ފިލްމުތަކެެވެ.

ވޭތުވެދިޔަ ދެ އަހަރަކީ ވަރުގަދަ ދިވެހި ފިލްމުތަކެއް ރިލީޒްވެފައިވާ ދެ އަހަރެވެ. އެހެންކަމުން މިފަހަރުގެ އެވޯޑްސް އަކީ ވާދަވެރި އުފެއްދުންތަކެއް ހިމެނޭ އެވޯޑެކެވެ.

ދިވެހި ފިލްމު އެވޯޑްސް އަކީ މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށުން ހިންގަމުން އަންނަ ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިން އިންތިޒާމުކޮށްގެން ބާއްވާ އެވޯޑެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

ފަހުގެ ޚަބަރު
Home
Menu
Search
Back to top