ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މިފަހަރު “ކިންގް” އަކީ “ޕެސްޓް”

ލަވަފޮށީގައި އެތައް އަހަރުތަކެއް ވަންދެން ރަސްކަން ކުރަމުން ދިޔަ ރަސްގެފާނު ކަމުގައިވާ ކުރީގެ ލަވަކިޔުންތެރިޔާ އަލީ ރަމީޒް ވައްޓާލުމަށްފަހު، ލަވަފޮށީގެ ރަސްކަން މަގްބޫލު ލަވަކިޔުންތެރިޔާ އިފްހާމް (ޕެސްޓް) ހޯދައިފިއެވެ.

ލަވަކިޔުން ހުއްޓާލި ނަމަވެސް ދިވެހިންގެ ނަންބަރ 1 ގެ ގޮތުގައި ހިފަހައްޓާލާފައިވާ މަޝްހޫރު ލަވަކިޔުން ތެރިޔާ އަލީ ރަމީޒު ފަހަތަށް ޖައްސާލުމަށްފަހު، ޕެސްޓް އެމަގާމު ދިފާއުކޮށްފައިވަނީ 32،600 އަޑު އެހުންތެރިންނާ އެކުގައެވެ.

މިއީ، ދިވެހި މިއުޒިކް ސްޓްރީމިން ސާރވިސްގައި އަލީ ރަމީޒު ފަހަތަަށް ޖައްސާލެވުނު ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން އަލީ ޒަމީޒް ވައްޓާލުމަށްފަހު ސިމްބޮލިކްގެ މާޓުވެސް ކުރިއަށް ދެމިގަތްކަމަށް ލަވަފޮށިން މަޢުލުމާތު ދެއެވެ.

ސިމްބޮލިކް ރިކޯޑްގެ ދަށުން ޕެސްޓް ނެރެމުންދާ ލަވަތަކަށް ޒުވާނުންގެ މެދުގައި ބޮޑު މަގްބޫލު ކަމެއް ލިބެމުންދާކަން ފާހަގަކޮށްލެވޭ އިރު ޕެސްޓްގެ “ރީތި ކުދިން” ލަވަ އަކީ ފާހަގަކޮށްލެވޭ ލަވައެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top