ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދީޕިކާގެ އިންސްޓަގްރާމް ފޮލޯވަރުން ސާޅީސް މިލިޔަނަށް

ދީޕިކާ ޕަޑުކޯން އަކީ ބޮލީވުޑްގައި ފުންނާބު އުސް އަދި އެންމެންގެ ބޮޑު ތަރުހީބެއް ހޯދަމުންދާ، ބޮލީވުޑްގެ އޭ ލިސްޓުގައި ހިމެނޭ ކުޅަދާނަ އެކްޓްރެސް އެކެވެ. މީގެ އިތުރުން ދީޕިކާ އަށް ސަޕޯޓަރުން ކުރާ ސަޕޯޓު އިތުރުވަމުން އަންނަ އިރު ސަޕޯޓަރުންގެ އަދަދުވެސް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ.

ހަމައެކަނި ދީޕިކާގެ އިންސްޓަގްރާމަށް ބެލިޔަސް ކުރިން ދެންނެވި ވާހަކައިގެ ތެދުކަން ހާމަވެއެވެ. މިއަދަކީ ދިޕިކާގެ އިންސްޓަގްރާމް އެކައުންޓުގެ ފޮލޯވަރުންގެ ޢަދަދު ސާޅީސް މިލިޔަނަށް އެރި ދުވަހެވެ. އެކަމުގެ އުފަލުގައި ދީޕިކާ ވަނީ ވީޑިއޯއެއްވެސް އިންސްޓަގްރާމްގައި އާންމު ކޮށްފައެވެ. މި ވީޑިއޯގައި ދީޕިކާ ކެޕްޝަން ކޮށްފައިވަނީ “މިއަދު އަހަރެން މި ހިސާބުގައި މިހުރީ ތި އެންމެންގެ ސަބަބުން. ތިޔަދޭ ލޯތްބާއި ތަރުހީބަށާއި ސާޅީސް މިލިޔަނަށް ޝުކުރު އަދާކުރަން.” މި ގޮތަށެވެ.

ދީޕިކާގެ ބައެެއް ފިލްމުތަކުގެ މަސައްކަތް މިހާރުވެސް ކުރިއަށް ދާއިރު އެންމެ ފާހަގަ ކޮށްލެވޭ ފިލްމަކީ ކަބީރް ޚާންގެ ކުޅިވަރު ޑްރާމާ ’83’ އެވެ. ރަންވީރް ސިންގ ގެ އަނބިމީހާގެ ރޯލުން ދީޕިކާ ފެނިގެންދާ މި ޑްރާމާ އޭޕްރިލް 2020 ގައި ރިލީޒް ކުރުމަށް އަންނަނީ ތައްޔާރު ވަމުންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top