އިނގިރޭސިވިލާތުގެ ލަންޑަންގައި މިމަހު 4ވަނަ ދުވަހުން 6ވަނަ ދުވަހުގެ ނިޔަލަށް އޮންނަ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިޔުޓީއެމް) ފެއަރ 2019ގައި ރާއްޖެ ތަމްސީލުކޮށްދިނުމަށް ޑިޓިއުން ބޭންޑްގެ ދެ މެންބަރުން ލަންޑަނަށް ދިއުމަށް ފުރައިފިއެވެ.
ލަންޑަނަށް ފުރާފައިވަނީ ޑިޓިއުން ބޭންޑުގައި ހިމެނޭ ހަމައެކަނި އަންހެން މެމްބަރު ފާތުމަތު ފެޒްލީން (ފެޒޫ) އާއި ބޭންޑްގެ ފިރިހެން ލީޑް ވޯކަލިސްޓް އަހުމަދު ފުރުގާން (ފުޖީ
ލަންޑަންގެ ރޮތަމް ޕާކުގައި ބޮޑު ކްރައުޑެއްގައި ޑިޓިއުން އިން މިދިޔަ އަހަރު އޮގަސްޓްމަހު ޝޯއެއް ދީފައިވެއެވެ. މީގެ އިތުރުން ރާއްޖެ ތަމްސީލުކުރުމަށް މީގެ ކުރިން ދެ ފަހަރެއްގެ މަތިން ޑިޓިއުން އިން ވަނީ ބާލިންގައި އޮންނަ އައިޓީބީ ޓޫރިޒަމް ފެއާގައިވެސް ޝޯއެއް ހުށައަޅާފަ އެވެ.
ކާމިޔާބު ލަވަތަކެއް ނެރެމުން އަންނަ އަދި ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ ޑިޓިއުން ބޭންޑަކީ ދިވެހިންގެ ތެރޭގައި މަގުބޫލު ބޭންޑެކެވެ. ޑިޓިއުންއަކީ ފަސް މެމްބަރުން ހިމެނޭ ބޭންޑެކެވެ. ފެޒޫ އާއި ފުޖީގެ އިތުރުން އެ ބޭންޑުގައި ދެން ހިމެނޭ މެމްބަރުންނަކީ ހަސަން ފާތިހް (ފާތި)، އަލީ ޝާފިއު (އައްޔަ) އަދި އަހުމަދު އާސިފް (އައްމަޑޭ) އެވެ.
ޑަބްލިޔުޓީއެމް ފެއަރއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވާ އެންމެ ބޮޑު ފެއަރއެވެ. މިއަހަރުގެ ފެއަރގައި އެކި ޤައުމުތަކުން ފަސް ހާހަށް ވުރެ ގިނަ ބައިވެރިން ބައިވެރިވާނެއެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމާބެހޭ މާހިރުންނާއި ދާއިރާގެ އިސް ބޭފުޅުނާއި ނޫސްވެރިންވެސް ހިމެނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




